ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 19:20
ފުރުގާނު މިސްކިތަަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާނާ
ފުރުގާނު މިސްކިތަަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާނާ
ޕޮލިސް
ފުރުގާން މިސްކިތަށް ގެއްލުން ދިނުން
ފުރުގާނު މިސްކިތަަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވޭ
ފުރުގާނު މިސްކިތުގެ ޚަތިމުތައް އުކާލާފައިވޭ
މިސްކިތުގެ ކަރަންޓު ބޯޑު ތަކަށާއި، އިސްކުރުބަރި އަށް ވަނީ ގެއްލުން ދީފައި

ފުރުގާނު މިސްކިތަަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އަންގާރަ ދުވަހު ފުލުހުން ބުނީ ގ. މާލެހިޔާ 2 13-02، 30 އަހަރުގެ ނައުޝާދު މޫސާ ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުރުގާނު މިސްކިތަށް ގެއްލުންދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިސް ވަގުތުގައެވެ.

މާލޭގެ އަމީނީ މަގުގައި ހުންނަ މި މިސްކިތައް ގެއްލުން ދީފައިވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާ ގައި ވަނީ އާންމު ވެފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފުރުގާނު މިސްކިތުގެ ޚަތިމުތައް ވަނީ އުކާލާފައެވެ. އަދި މިސްކިތުގެ ކަރަންޓު ބޯޑު ތަކަށާއި، އިސްކުރުބަރި އަށް ގެއްލުން ދީފައިވެއެވެ.

މި ހާދިސާ އާ ބެހޭ ގޮތުން ޝޭޚް އާދަމް ނިޝާން ފޭސް ބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ ބުއްދިފިލާ ގޮސްފައިވާ ޒުވާނެއް ކަމަށެވެ. އަދި މީގެ ކުރިން އެތައް ފަހަރަކުވެސް މީނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް މިމިސްކިތުގައި ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް