ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 16:25
އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އޭނާގެ އާއިލާއާއެކު (ފައިލް)
އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އޭނާގެ އާއިލާއާއެކު (ފައިލް)
މިނިސްޓްރީ އޮފް ޓޫރިޒަމް
ވޯޅްޑް ޓްރެވަލް އެވޯޑްސް
ވޯލްޑް ޓްރެވެލް އެވޯޑްސް 2024 ގައި ދިވެހިރާއްޖެ އަށް 9 އެވޯޑު ލިބިއްޖެ
މި އެވޯޑުތަކުގެ ތެރޭގައި "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024" އަދި "ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން" ގެ އެވޯޑު ހިމެނެވެ.

ޕޯޗުގަލްގެ މަދީރާ ގައި ބޭއްވުނު ވޯލްޑް ޓްރެވެލް އެވޯޑްސް 2024 ގައި ދިވެހިރާއްޖެއަށް 9 އެވޯޑު ލިބިއްޖެއެވެ.

މި އެވޯޑުތަކުގެ ތެރޭގައި "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024" އަދި "ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން" ގެ އެވޯޑު ހިމެނެވެ.

އޭގެ އިތުރުން ލިބުނު އެވޯޑު ތަކަކީ:

- ވޯލްޑް ލީޑިންގ ސީޕްލޭން އޮޕަރޭޓަރ 2024: ޓްރާންސް މޯލްޑިވިއަން އެއަރވޭސް؛

- ވޯލްޑް ލީޑިންގ އެއަރޕޯޓް ރިސޯޓް 2024: ހުޅުލޭ އައިލެންޑް ހޮޓެލް؛

- ވޯލްޑް ލީޑިންގ ބުޓިކް އެއަރޕޯޓް ހޮޓެލް 2024: ޖެން މޯލްޑިވްސް މާލެ, ބައި ޝަންގްރިލާ؛

- ވޯލްޑް ލީޑިންގ ލަގްޒަރީ ހަނީމޫން ރިސޯޓް 2024: ވައްކަރު މޯލްޑިވްސް؛

- ވޯލްޑް ލީޑިންގ ލަގްޒަރީ އައިލެންޑް ރިސޯޓް 2024: ދަ ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް؛

- ވޯލްޑް ލީޑިންގ ޕްރައިވެޓް އައިލެންޑް ރިސޯޓް 2024: ވެލާ ޕްރައިވެޓް އައިލެންޑް؛ އަދި

- ވޯލްޑް ލީޑިންގ ވޯޓަރ ވިލާ ރިސޯޓް 2024: އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ފެށިގެން ދެމުން އަންނަ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ އިނާމު ކަމުގައި ބެލެވެއެވެ.

- ކޮމެންޓް