ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 19:19
ރޮނާލްޑޯ: އެންމެ ފަހުން ވެސް ފީފާގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ރޮނާލްޑޯ.
ރޮނާލްޑޯ: އެންމެ ފަހުން ވެސް ފީފާގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ރޮނާލްޑޯ.
ގޯލް.ކޮމް
ކުޅިވަރު
މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ
ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދާފަ.

 

2017 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާއަށް ފީފާއިން ދޭ އެވޯޑް މިފަހަރު ވެސް ލިބޭނީ ޕޯޗުގަލްއާ ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމުގައި ފްރާންސްގެ ކުރީގެ ތަރި އެރިކް ކެންޓޯނާ ބުނެފިއެވެ.

މީޑިއާ އާއި ވާހަކަ ދައްކަމުން ކެންޓޯނާ ބުނީ ރޮނާލްޑޯ އަކީ ބަދަލެއް ނުވާ  އެއްފެންވަރެއްގައި މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި އެފަދައެއް ނެތް  ދެވަނަ ކުޅުންތެރިއެއް ކަމަށެވެ. ކެންޓޯނާ ބުނީ މި އަހަރުގެ ފީފާ އެވޯޑަށް ވާދަކުރާ ގިނަ މޮޅެތި ކުޅުންތެރިންތަކެއް އެބަ ތިބި ކަމަށާއި އެހެން ނަމަވެސް ރޮނާލްޑޯ އަކީ އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެއް ކަމަށެވެ.

ގައުމީ ލެވެލްގައާއި ކުލަބު ލެވެލްގައި ރޮނާލްޑޯ ވަނީ މުހިންމު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި އެގޮތުން ފީފާގެ އެވޯޑް އެންމެ ހައްގީ ރޮނާލްޑޯ އަށް ކަމަށް ކެންޓޯނާ ވަނީ ބުނެފައެވެ.

" މިފަހަރުގެ ފީފާ ލިސްޓުގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް ވަނީ ނޮމިނޭޓް ވެފަ. އެހެން ނަމަވެސް ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާ އަދި ކުޅޭ ކުޅުމަށް ބަލަންޏާ އެ އެވޯޑް ހައްގީ ހަމަ ރޮނާލްޑޯއަށް." ކެމްޓޯނާ ބުންޏެވެ.

ކެންޓޯނާގެ  އިތުރުން ވެސް ދުނިޔޭގެ ގިނަ ބަޔަކު މިހާރު ވެސް ބުނަމުންގެންދާ  ގޮތުގައި ފީފާއިން މިއަހަރު ދޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭން އެންމެ ހައްގު ފަރާތަކީ ޕޯޗުގަލް އާއި ރެއާލްގެ ތަރި ރޮނާލްޑޯއެވެ. ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ  އަދި ވެސް ހޯދަމުންގެންދާ ދެގޮތެއް ނުވާ ތަރި ރޮނާލްޑޯ އަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީޑިން ގޯލް ސްކޯރާއެވެ.

ރޮނާލްޑޯ މިހާތަނަށް 8 ސީޒަން ރެއާލްގައި ހޭދަކޮށްފައިވާއިރު އެ 8 ސީޒަންތެރޭގައި އޭނާ ވަނީ 265 މެޗު ރެއާލް އަށް ކުޅެދީ 286 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާ ވަނީ 32 ހެޓްރިކު ވެސް ހަދާފައެވެ.  ރޮނާލްޑޯ ވަނީ މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ސުޕަކަޕް، ސްޕެނިޝް ސުޕަކަޕް، ސްޕެނިޝް ލީގު ރެއާލްއާ އެކު ކާމިޔާބު ކޮށްފައެވެ.

2017/2016  ގައި ރޮނާލްޑޯ:

ކާމިޔާބީތަށް: ޔޫއެފާ ޗެމްޕިއަންސް ލީގު، ސްޕެނިޝް ލީގު(ލަލީގާ)، ފީފާ ކުލަބު ވޯލްޑްކަޕް. ސްޕެނިޝް ސުޕަކަޕް.

ޑޮމެސްޓިކް ލީގު: ކުޅުނު މެޗުގެ އަދަދު 29 ، ޖެހި ގޯލްގެ އަދަދު 25 ، ހެދި އެސިސްޓްގެ އަދަދު 6.

ޔޫއެފާ ޗެމްޕިއަންސް ލީގު: ކުޅުނު މެޗުގެ އަދަދު 13 ، ޖެހި ގޯލްގެ އަދަދު 12 ، އެސިސްޓް 6.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް