ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 14:15
ޅ. ހިންނަވަރު އިސްމާއީލް އުމަރު
ޅ. ހިންނަވަރު އިސްމާއީލް އުމަރު
ރާއްޖެ އެމްވީ
އިއްސެ
އިއްސެ މަރާލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފި
އިއްސެގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ތިން ބިދޭސީންނަށް

ޅ. ހިންނަވަރު އިސްމާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފިއެވެ.

 

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލް ކުރީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވާތީ ކަމަށެވެ. އަދި ދެން ޝަރީއަތުގެ އަޑުހެމެއް އޮންނާނެ ތާރީހެއް އަންގާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

 

މިދިޔަ މަހުގެ 16 ވަނަ ދުވަހު އިހަވަންދޫ އައިސް ޕްލާންޓްގެ ތެރޭގައި ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނުއިއްސެގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައި އޮތީ އިއްސެ މަރާލުމުގައި އެންމެ އިސްކޮށް އުޅުނު ސުމޮން މިއާގެ ޝަރީއަތެވެ.

 

އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 10 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް އެ ޝަރީޢަތުގެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

 

ސުމޮން މިއާ ވަނީ އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފު ވެފަ އެވެ. އަދި އިއްސެއަށް ހަމަލާ ދިނުމަށް ބޭނުން ކުރި ވަޅި އާއި ހަމަލާދިން އިރު، ސުމޮން މިއާ ލައިގެން ހުރި އަންނައުނު ފުލުހުން ހޯދި އެވެ.

 

އެ މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މީހަކު މަރާލިކަން އެނގިހުރެ އެކަން ފޮރުވުމުގެ ކުށުގެ ދައުވާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް