ކ. މާލެ
|
27 އޮކްޓޯބަރ 2024 | އާދީއްތަ 14:43
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ އާއި މާލީ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު މުނައްވަރު
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ އާއި މާލީ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު މުނައްވަރު
ރާއްޖެއެމްވީ
ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުން
ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުން - ހޯމަ ދުވަހު މާލީ ވަޒީރާ، ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލް ހާޒިރުކުރަނީ
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ސަޕްލިމަންޓު ކުރުމަށް ސަރުކާރުގެ ފަރާތުން ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފަ
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުން ހަރަދުވެފައިވަނީ ފާސްކުރި މިންވަރުގެ 76 އިންސައްތަ ނުވަތަ 38 ބިލިއަން ރުފިޔާ ކަމަށް

މި އަހަރަށް ހުށަހަޅާފަިއިވާ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުމަށްޓަކާ ކުރިއަށް ގެންދާ ބަޖެޓް ކޮމިޓީ އަށް މާލީ ވަޒީރު މޫސާ ޒަމީރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު މުނައްވަރާއި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ހާޒިރުކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

އާދިއްތަ ދުވަހު ހެނދުނު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އެ ތިން ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.

އެ ކޮމިޓީން ނިންމާފައި ވަނީ ހޯމަ ދުވަހުގެ މެންދުރު 2:00 ގައި އޮންނަ ބަޖެޓް ކޮމެޓީގެ ބައްދަލުވުމަށް އެ ތިން ބޭފުޅުން ހާޒިރުކުރުމަށެވެ. އެގޮތަށް ނިންމީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ސަޕްލިމަންޓު ކުރުމަށް ސަރުކާރުގެ ފަރާތުން ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުގެ މަސައްކަތް އަވަސްކުުރުމަށް ބުރާސްފަތި ދުވަހުގެ ޖަލްސާގެ ފަހު ބަހުސް ނިންމާ، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވުމަށްފަހު އެ ކޮމިޓީގެ މަސައްކަތް 1 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިއެވެ.

50 ބިލިއަން ރުފިޔާގެ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުސްވެ، ސަރުކާރުން އިތުރަށް ހަރަދުކުރަން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓު ފާސްކޮށްފައިވަނީ ސަރުކާރު ބަދަލުވުމުގެ ކަންކަން ހިނގަމުންދިޔަ އިންތިގާލީ މަރުހަލާގައި ކަމަށެވެ. އަދި މި ބަޖެޓު ތައްޔާރުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުން ކަމަށާއި، މި އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓްރީ ބަޖެޓެ ހުށަހަޅަނީ މި އަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ހަރަދުކޮށް ނިނުމުގެ ކުރިން މާލިއްޔަތުގެ ގާނޫނުގައިވާ ގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ހަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުން ހަރަދުވެފައިވަނީ ފާސްކުރި މިންވަރުގެ 76 އިންސައްތަ ނުވަތަ 38 ބިލިއަން ރުފިޔާ ކަމަށެވެ.

- ކޮމެންޓް