ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 13:05
ހަރަދުތައް ފޫބެއްދުމަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅާފައި
ހަރަދުތައް ފޫބެއްދުމަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅާފައި
ފިނޭންސް މިނިސްޓްރީ
ސަޕްލިމެންޓަރީ ބަޖެޓެއް
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި، ސަރުކާރުން ބުނީ މިއީ ކުރީ ސަރުކާރުގެ ސަބަބުން ހުށަހެޅި ބަޖެޓެއް ކަމަށް
ކޮންޓިންޖެންސީ 650 މިލިއަން ރުފިޔާ، މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ

ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންގޮސް، ޕީއެސްއައިޕީގެ މަސަައްކަތްތައް ހުއްޓާލާފައި އޮއްވާ އަދި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހަރަދުކުރި ގޮތް ހާމަނުކޮށް ތިބުމަށްފަހު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްކަމަށް ބުނެ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލައަކީ 5،119،508،129(ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި 5.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއާއެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ. މިއަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓުން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ ހަރަދުތަކަކީ މުސާރައާއި، މެޑިކަލް ސަޕްލައި، ބޭސްފަރުވާގެ އެހީ އަދި ސަބްސިޑީއެވެ.

  • މުސާރައަށް 24.4 މިލިއަން ރުފިޔާ
  • މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
  • ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ.

ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.

  • ބިން ހިއްކުން އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާ - 2 ބިލިއަން ރުފިޔާ
  • ކެޕިޓަލް ކޮންޓްރިބިއުޝަން - 441 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ - 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓް ލޯނު - 458.4 މިލިއަން ރުފިޔާ

ސަޕްލިމެންޓަރީ ބަޖެޓުގެ ޑެފިސިޓަކީ 4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓު ޑެފިސިޓަކީ 18 ބިލިޔަން ރުފިޔާއެވެ.


Advertisement
- ކޮމެންޓް