ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 20:11
ވޯލްޑް ސައިޓް ޑޭ އާއި ގުޅިގެން އައި ކެއާއިން ބޭއްވި ހަރަކާތްތައް
ވޯލްޑް ސައިޓް ޑޭ އާއި ގުޅިގެން އައި ކެއާއިން ބޭއްވި ހަރަކާތްތައް
ރާއްޖެއެމްވީ
ވިޝަން ސައިޓް ޑޭ ހަރަކާތްތައް
ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން އައި ކެއާއިން ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި
އައިކެއާގެ ބިޒްނެސް ޑެވެލޮޕްމެންޓް އެންޑް މާކެޓިންގެ އަޒްމާ އަބްދުލް ފައްތާހު، ވިދާޅުވީ އޮކްޓޯބަރ 10 ވަނަ ދުވަހު ފާހަގަކުރާ ވޯލްޑް ސައިޓް ޑޭ އާއި ގުޅިގެން އައި ކެއަރ އިން ބޭއްވި އެ ހަރަކާތަށް ރަނގަޅު ތަރުޚީބެއް ލިބިފައިވާ ކަމަށެވެ.

ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން އައި ކެއާއިން ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

އެ ހަރަކާތް ބާއްވާފައި ވަނީ ހުކުރު ދުވަހު ހަވީރެވެ.

އައިކެއާގެ ބިޒްނެސް ޑެވެލޮޕްމެންޓް އެންޑް މާކެޓިން، އަޒްމާ އަބްދުލް ފައްތާހު، ވިދާޅުވީ އޮކްޓޯބަރ 10 ވަނަ ދުވަހު ފާހަގަކުރާ ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން އައި ކެއަރ އިން ބޭއްވި އެ ހަރަކާތަށް ރަނގަޅު ތަރުޚީބެއް ލިބިފައިވާ ކަމަށެވެ. އައިކެއާ އިން އެ އިވެންޓް ބާއްވާފައި ވަނީ ދުނިޔޭގައި ވެސް ވޯލްޑް ސައިޓް ޑޭ ފާހަގަކުރާ ދުވަހާއި ގުޅުވައިގެންކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް 18 އޮކްޓޯބަރ އަށް އެ ހަރަކާތްތައް ބަދަލުކޮށްފައި ވަނީ މޫސުން ތަންދޭ ގޮތަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މިއަހަރުގެ ތީމްކަމަށްވާ "ކުޑަކުދިންގެ ލޮލުގެ ސިއްހަތުގެ މުހިންމުކަން" މި ޝިއާރަށް އަލިއަޅުވާލައްވާފައެވެ. އެ ޝިއާރާއި މެދު ހޭލުންތެރިކުރުމަށް ބައެއް ޑޮކްޓަރުންނާއި ފަންނީ ބޭފުޅުން ހިމެނޭހެން އެ ހަރަކާތުގެ ތެރެއިން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މި ހަރަކާތުގެ ތެރެއިން ކުރިއަށް ދިޔަ ކަންކަމުގެ ތަފްސީލްތައް އޭނާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އައިކެއަރ އިން ފޯރުކޮށްދޭ ސްކްރީނިންގެ ޚިދުމަތާއި ކޮންސަލްޓޭޝަންގެ ޚިދުމަތް ހިލޭ ވަނީ ފޯރުކޮށްދީފައެވެ. އަދި ޑައިބެޓިކް އެސޯސިއޭޝަންގެ ފަރާތުން ވެސް ސްކްރީނިންގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޑައިބެޓިކްސް އެސޯސިއޭޝަނާއި، މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކުގައެވެ. އަދި އޭޑީކޭގެ އެހީތެރިކަން ވެސް އެ އިވެންޓަށް ފޯރުކޮށްދީފައިވެއެވެ.

- ކޮމެންޓް