ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 13:20
ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ރާއްޖެއެމްވީ
ރައީސް މުއިއްޒުއަށް ޕާޓީގެއްލުން
މުއިއްޒު ނަގާވަރަށްވުރެ އަދުރޭ ނަގާ މިންވަރު އިތުރު، އާހިރުގައި މުއިއްޒު އަތުގައި ޕާޓީވެސް ނޯންނާނެ - ޖަމީލް
މިއަދުގެ ހަގީގަތަކީ އެމީހުންގެ ތެރޭގައިވެސް ކަންކަން ގޮސްފައި އޮތީ އެއްބަޔަކު އަނެއްބަޔަކަށް ދޮގު ހެދުމާއި އޮޅުވާލުން
ޕީޕީއެމް އުވާލަން ނުވަތަ ބާތިލްކޮށްލަން ނުވަތަ ޕީޕީއެމްގެ ޖަނާޒާ ބާއްވަން މަސައްކަތްކޮށް ނިމޭއިރުގައި މުއިއްޒު އަމިއްލަ ޖަނާޒާގައި ގޮސް ބައިވެރިވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނަގާވަރަށްވުރެ އަދުރޭ ނަގާ މިންވަރު އިތުރު ކަމަށާއި، ޕީޕީއެމް އުވާލާއިރު އާހިރުގައި މުއިއްޒު އަތުގައި ޕާޓީވެސް ނޯންނާނެ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ މިހާ ހިސާބަށް އާދެވުނު އިރު، ރައީސް މުއިއްޒުއާއި މި ސަރުކާރުން ދޮގު ހެދީ ޕީޕީއެމްގެ އާންމު މެންބަރުންނަށް އެކަންޏެއް ނޫން ކަމަށެވެ. އަދި މިއަދުގެ ހަގީގަތަކީ އެމީހުންގެ ތެރޭގައިވެސް ކަންކަން ގޮސްފައި އޮތީ އެއްބަޔަކު އަނެއްބަޔަކަށް ދޮގު ހެދުމާއި އޮޅުވާލުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމުގެ މުއްސަނދިކަން ރައީސް މުއިއްޒުއަށްވުރެ ކުޑައެއް ނޫން ކަމަށެވެ. އަދި އަބްދުއްރަހީމް 'ކަލެކްޓް' ކުރާ މިންވަރު މުއިއްޒުއަށްވުރެ މަދުކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

އަބްދުއްރަހީމް މާގިނައިން އެބަ ކަލެކްޓްކުރޭ. އަބްދުއްރަހީމްގެ މީހާ އެމްޕީއެލްގައި ހުރީ. އޭނަ މާގިނައިން އެބަނަގާ. އަބްދުއްރަހީމްގެ މީހާ އެއަރޕޯޓުގައި ހުރީ. އޭނާ މާގިނައިން އެބަނަގާ. އަޅުގަނޑަށް އިނގޭ ރާއްޖޭގެ އާބާދީ ބޮޑު ތަންތަގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބީ އަބްދުއްރަހީމާ އެކީގައިކަން. އަޅުގަނޑަށް އިނގޭ އައްޑޫ ޝާޑް ހުރީ އަބްދުއްރަހީމާ އެކީގައި. އަޅުގަނޑަށް އިނގޭ ފުވައްމުލަކު ފަޒާދު ހުރީ އަބްދުއްރަހީމާ އެކީގައި. ހޯރަފުށީ އަޑުގަދަމީހާ ހުރީ އަބްދުއްރަހީމާއެކީގައި. މުހައްމަދު އިސްމާއިލް ހުރީ އަބްދުއްރަހީމާ އެކީގައި. އެހެންވީމާ މިއަދުގެ ހަގީގަތަކީ އާހިރުގައި ކަން ނިމޭއިރުގައި މުއިއްޒު އަތުގައިވެސް މި ޕާޓީ ނޯންނާނެ.
ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

މުއިއްޒު ޕީޕީއެމް އުވާލަން ނުވަތަ ބާތިލްކޮށްލަން ނުވަތަ ޕީޕީއެމްގެ ޖަނާޒާ ބާއްވަން މަސައްކަތްކޮށް ނިމޭއިރުގައި މުއިއްޒު އަމިއްލަ ޖަނާޒާގައި ގޮސް ބައިވެރިވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަަވަމުން ހުސައިން ވަހިދު ވިދާޅުވީ މި ސަރުކާރުގެ މަތިބަރު ކަމަށާއި، ސިޔާސީ މަގާމް ދީފައި ތިބި މީހުންނަކީ މި ސަރުކާރަށް ބަލަދު އަރާފައި ތިބި މީހުން ކަމަށެވެ. ހުސައިން ވަހީދު ވިދާޅުވީ 228 ސިޔާސީ މަގާމް އުވާލަން ނިންމި ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ވެއްޓުމެއް ކަމަށެވެ.

ވެއްޓުމަކަށްވާ ސަބަބަކީ އަމިއްލަފުޅަށް މި ސަރުކާރުން ގަބޫލުކުރީ މިތަކެއް ސްޓޭޓް މިނިސްޓަރުން ލާފައި ތިބީ ހަމައެކަނި މުސާރަ ދީފައި ބައިތިއްބަންށޭ. ކޮންމެހެން ބޭނުންވެގެން ނޫނޭ. ރިކުއަރމެންޓަކަށް ނަގައިގެން އުޅޭ ވަޒީފާތަކެއް ނޫނޭ 228 މަގާމަކީ އެހެން އެބުނަނީ. ދެން ހަރަދުކުޑަކުރަން ކުރާނެ ކަންތައްތަކެއްގެ ވާހަކަ ކިޔާނަމަ ކީއްކުރަންތޯ ޔޫތް އެންޑް ސްޕޯޓްސް ވަކިކޮށްގެން އުޅެނީ. ކިތައްތަން އެބަހުރިތޯ ކުއްޔަށް ނަގާފައި. ހަރަދުކުރަންޔާ ދޫކޮށްލަންވީ ނޫންތޯ.
ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހުސައިން ވަހީދު ވިދާޅުވީ އަމިއްލައަށް ދެކެވޭ ވާހަތަކާއެކު މަޑުމަޑުން ދުވަހުން ދުވަހަށް އަންނަނީ ޔޫޓާން ނަގާގޮތަށް ބަދަލުވަމުން ކަމަށެވެ. އެއީ 228 މަގާމު ނަގާފައި ހުއްޓަސް އެއީ މި ސަރުކާރަށް ބޭނުން ބައެއް ނޫން ކަމަށް މި ސަރުކާރުން ދައްކާ އެމީހުން މަގުމަތިކޮށްލަން މި ސަރުކާރުން ނިންމީ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް