ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 23:34
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން (ކ) އަދި ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު (ވ)
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން (ކ) އަދި ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު (ވ)
ޕޮލިސް
ވިފާގުގެ މަރުގެ މައްސަލަ
މެންބަރު ނާޒިމުގެ ދިފާއުގައި ވިފާގުގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައިގައި ފުލުހުން މާފަށް އެދިއްޖެ
ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނު
ތަފްޞީލް މަޢުލޫމާތުތަކެއް މިޚިދުމަތުގެ ފަރާތުން ދީފައިވަނީ އެ މައްސަލައާ ގުޅޭގޮތުން މީޑިއާ އަކުން އެކަމުގެ ޙަޤީޤަތްތަކެއް އޮޅޭ ގޮތަށް ގެނެސްދީފައިވާތީ

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ ދިފާއުގައި ވިފާގުގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައިގައި ފުލުހުން މާފަށް އެދިއްޖެއެވެ.

މިދިޔަ އޮގަސްޓްމަހުގެ 14، ގައި އިމާރާތަކުން ވެއްޓި ވިފާގު މަރުވި މައްސަލައަށް ބިނާކޮށް ޗެނަލް 13 އިން ގެނެސްދިން ޑޮކިއުމެންޓްރީގައި މެންބަރު ނާޒިމަށް ތުހުމަތުކޮށް ކަންކަން ހިމަނާފައިވާތީ ފުލުހުން ވަނީ ކުއްލިއަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ވިފާގުގެ ޒާތީ މައުލޫމާތުތަކެއް ދޫކޮށްލާފައެވެ. މިކަމާއި ގުޅިގެން އާންމުންގެ ފާޑުކިއުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މައާފަށް އެދި ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގއ. މާމެންދޫ / ބީޗްވިލާ ވިފާޤް އިބްރާހީމް އަދުނާނ،ް އޭނާ ދިރިއުޅެމުން ދިޔަ މ. ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި ނިޔާވެފައިވާ މައްސަލަ އާ ގުޅިގެން 2024 އޮކްޓޯބަރު 13 ވަނަ ދުވަހު އެ ޚިދުމަތުގެ ފަރާތުން ދީފައިވާ މީޑިއާ ބްރީފިންގައި އެ މައްސަލައިގެ ތަޙްޤީޤާއި ގުޅުންހުރި މަޢުލޫމާތު ދިނުމުގައި މައްސަލައާ ގުޅުންހުރި ތަފްޞީލް މަޢުލޫމާތުތަކެއް މިޚިދުމަތުގެ ފަރާތުން ދީފައިވަނީ އެ މައްސަލައާ ގުޅޭގޮތުން މީޑިއާ އަކުން އެކަމުގެ ޙަޤީޤަތްތަކެއް އޮޅޭ ގޮތަށް ގެނެސްދީފައިވާތީ ކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅޭގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ ޢާއިލާގެ ބައެއް ފަރާތްތަކާއިވެސް ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތަކެއްވެސް ހިމެނޭގޮތުން ޕްރޮގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށެވެ.

އަދި އެ މަޢުލޫމާތުތައް އެ ޚިދުމަތުގެ ފަރާތުން ދީފައިވާނީ ނިޔާވި ކުއްޖާގެ މަންމަ އާއި ބައްޕަ ހިމެނޭގޮތުން އެކުއްޖާގެ ޢާއިލާއަށް ވެސް އެކަން އެނގިގެން ކަމަށެވެ. އަދި ހަމައެއާއެކު، އެ މީޑިއާ ބްރީފިންގ ކުރިއަށް ގެންދިޔުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން އެ ޚިދުމަތުގެ ފަރާތުން ޤަބޫލުކޮށް، އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް