ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 14:07
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ
ސަރުކާރުން ރައްޔިތުންނަށް ގެއްލުން ދިނުން
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 2300، ރައްޔިތުންނަށް މިހާތަނަށް ދިނީ ގެއްލުން - ފައްޔާޒު
އެމްޑީޕީ ސަރުކާރުން ޖެހިލުމެއް ނެތި ހާމަކުރަމުން އައި ހުރިހާކަމެއް ހާމަކުރުން މި ސަރުކާރުން ހުއްޓާލައިފި
ޑރ. މުއިއްޒު ކައިރީގައި ބުނެލާ ކޮންމެއެއްޗެއްވެސް ގަބޫލުކުރައްވާ ކަހަލަ ބޭފުޅެއް އެއީ

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 2300 ކަމަށާއި، ވެރިކަމަށް އަންނަންވެގެންނާއި ވެރިކަމަށް އައިސްވެސް ރައްޔިތުންނަށް މިހާތަނަށް ދިނީ ގެއްލުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިހާރު އޮތް ސަރުކާރު ވެރިކަމަށް އަންނަންވެގެން ދެއްކީ މައިގަނޑު ދެކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ އިސްތިގުލާލާއި މިނިވަންކަން އެމްޑީޕީން ދޫކޮށްލާފައިވާ ކަމަށް ދެއްކުން ކަމަށެވެ. އަދި ދެވަނަ ކަމަކީ އެމްޑީޕީގެ ސަރުކާރުގެ ކާމިޔާބުފެ ފަހަތުގައި އޮތް އިންޑިއާއާއި އޮތް ގުޅުން ދަައްކައިގެން އިންޑިއާ އައުޓްކެމްޕޭނެއް ހިންގުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އައްޑޫގައި 2000 ސިފައިން ތިބިކަމަށް މިހާރު އޮތް ސަރުކާރުން ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް މިހާތަނަށް ވެސް އައްޑޫއިން އެ ސިފައިންނެއް ނުފެނުނު ކަމަށެވެ. ޔޫޓީއެފްގައި ސިފައިން ތިބިކަމަށާއި، ހަނިމާދޫގައި ސިފައިން ތިބިކަމަށް ބުނެ ބޮޑު ޑްރާމާއެއް ކުޅުނު ކަމަށެވެ. ފައްޔާޒް ވިދާޅުވީ ހައިޑްރޯގްރަފީގެ ކަންކަމުގައި އިންޑިއާއަށް ދޫކޮށްލައިގެން އުޅުނުކަމަށް ބުނި ކަމަށާއި، މި ކަންކަން ހާމަކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ.

އަދި މި ކަންކަމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވިޔަސް ހުރިހާކަމެއްވެސް ހާމަކުރައްވާނެކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން މިހާތަނަށް އެއިން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއްވޭ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ޖެހިލުމެއް ނެތި ހާމަކުރަމުން އައި ހުރިހާކަމެއް ހާމަކުރުން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށާއި، އެންމެ ކުޑަމިނުން ސިޔާސީ މުވައްޒަފުންގެ އަދަދުވެސް މި ސަރުކާރަށް ހާމަނުކުރެވުނު ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 2300 ކަށެވެ.

ހާމަކުރަން ނުކެރޭނެތާ ބުނީ ވިއްޔާ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700ށް ވުރެ މައްޗަށް ނުދާނެ ކަމަށް. އެކަމަކު މިހާރު އެބަތިބި 2300 މުވައްޒަފުން. ސީދާ ސިޔާސީ މުވައްޒަފުން. އެހެންވީމާ ކޮންމެވެސް ވަރެއްގެ ލަދެެއް ހުރީމަ ކަންނޭގެ އެކަންކަން އެހެންކުރަން ނުކުރިގެން އުޅެނީ. ދެން ކުއްލިއަކަށް އިންޑިއާއަށްދަމުން އެކަހަލަ ވާހަކައެއް ދައްކާފައި ދިޔައީ، އައިއެމްއެފްއަކަށް ލާރިވެސް ދައްކާކަށް ނުޖެހޭނޭ. ޑރ. މުއިއްޒު ކައިރީގައި ބުނެލާ ކޮންމެއެއްޗެއްވެސް ގަބޫލުކުރައްވާ ކަހަލަ ބޭފުޅެއް އެއީ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ފައްޔާޒު ވިދާޅުވީ އިންޑިއާއަށް ވަޑައިގެން އެމްޑީޕީގެ ސަރުކާރުން އެއިރު ހޯދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓް އަލުން ކުރައްވާފައިވާ ކަމަށެވެ. ހައިޑްރޯގްރަފީ އެގްރީމެންޓުގެ ކަންތަކުގައި އެއްބާރުލުން ދެއްވާނެ ވާހަކައާއި، ފަށާފައި ހުރި ހައުސިންގ މަޝްރޫއުތަކާއި ހަވާލުވި ކަމަށާއި، ހަނިމާދޫ ރަންވޭ ނިންމާ އެއާއި ހަވާލުވި ކަމަށާއި، އިތުރުކަމެއް ނުވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުއަކީ އެއްވެސް އޮއްޓަރެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ.

އައިގޮތަށް އައިސް އިންޑިއާއާއި ޖައްސާލާ އެމީހުންގެ ވެރިންނަށް ހަޖޫޖަހާ، އެމީހުންގެ ދީނަށް ހަޖޫޖަގާ ގެއްލުންދިން މިންވަރު އަންދާޒާވެސް ނުކުރެވޭނެ. ފުރަތަމަ ކަމަކަށް ސުނާމީއަށްފަހު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެނީ ލިބޭ އާމްދަނީއަށް ބަލައިގެން އެކަންޏެއް ނޫން. ދަރަނި ނަގައިގެންވެސް ރައްޔިތުންނަށް ކޮންމެހެންވެސް ދޫކޮށްލާފައި ހުރި ހިދުމަތްތައް ދޭން މަސައްކަތްކުރީ. އެއްވެސް ބަޔަކަށް ފަސޭހަކަމެއް ނޫން ކަންކަން ކުރުމަކީ. ކޮންމެ ސަރުކާރަކުންވެސް ވިސްނުންތެރިކަމާއެކު ކަންކަން ކުރަނީ. މުއިއްޒު އިންތިހާބުގެ ތެރޭގައި ވިދާޅުވި ތިމަންނަމެންނަށް ކުރެވޭނޭ، ސޯލިހަކަށް މެނޭޖްކުރަން ނޭނގޭ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ފައްޔާޒު ވިދާޅުވީ ކަންކަން ކުރުމުގައި ވިސްނުންތެރިކަމާއި، ބައިނަލްއަގުވާމީ ގުޅުންތައް މެނޭޖްކުރަންޖެހޭ ކަމަށެވެ. ނަމަވެސް އިންޑިއާއެކީ ޖެހިގަނެ ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ އެކަހެރިވި ކަމަށެވެ. ސަބަބަކީ މި ސަރުކާރުން ޖިއޯ ޕޮލިޓިކްސް ނޭނގުން ކަމަށާއި، މިފަދަ އެތައްކަމެއްގެ ތެރެއިން ގެއްލުން ލިބުނީ ދިވެހި ރާއްޖެއަށާއި، ދިވެހިންނަށް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް