ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 20:53
ސަން ސިޔާމް އިރުފުށި
ސަން ސިޔާމް އިރުފުށި
ސަންސިޔާމް.ކޮމް
ސަން ސިޔާމް އިރުފުށި
ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ
ސަން ސިޔާމް އިރު ފުށިން ވަނީ އަންނަ 10 އަހަރުގެ ތެރޭގައި ކާބަން ބޭރުކުރުން މަދުވެގެން 50% އަށް ދަށްކުރުމަށާއި، ވީހާވެސް އަވަހަކަށް، އަދި 2050 ގެ ކުރިން ކާބަން ބޭރުކުރުން ސުމަކަށް ގެނައުމަށް ކަނޑައަޅާފަ

ސަން ސިޔާމް އިރު ފުށިން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފަތުރުވެރިކަމުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގްލާސްގޯ ޑެކްލަރޭޝަންގައި ސޮއިކޮށް، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތިން ރިސޯޓު ހިންގުމަށް ކަނޑައަޅައިފިއެވެ.

މި ޑެކްލެރޭޝަންގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ކާބަން ބޭރުކުރުން މަދުކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުމަށް ރިސޯޓުން މަސައްކަތް ކުރުން ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ޒިންމާދާރު އަދި ތިމާވެއްޓާ ރައްޓެހި ހަމަތަކުގެ މަތިން ރިސޯޓު ހިންގުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތައް ވެސް މި އެއްބަސްވުމުގެ ދަށުން އެޅުމަށްވަނީ ހަމަޖެހިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގްލާސްގޯ ޑެކްލެރޭޝަން އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާ ގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިކޮށްދޭ ޑެކްލެރޭޝަންއެކެވެ. މި ޑެކްލަރޭޝަން ގައި ބައިވެރިވުމާއެކު، ސަން ސިޔާމް އިރު ފުށިން ވަނީ އަންނަ 10 އަހަރުގެ ތެރޭގައި ކާބަން ބޭރުކުރުން މަދުވެގެން 50% އަށް ދަށްކުރުމަށާއި، ވީހާވެސް އަވަހަކަށް، އަދި 2050 ގެ ކުރިން ކާބަން ބޭރުކުރުން ސުމަކަށް ގެނައުމަށް ކަނޑައަޅާފައެވެ.

ފަތުރުވެރިކަމުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގްލާސްގޯ ޑެކްލެރޭޝަންގައި ސޮއިކުރުމާއެކު، ސަން ސިޔާމް އިރު ފުށިން ވަނީ 2100 ވަނަ އަހަރާ ހަމައަށް، ސިނާޢީ އިންޤިލާބުގެ ކުރީގެ ފިނިހޫނުމިނާ އަޅާބަލާއިރު ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ނުދިއުމަށް ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ސައައިންޓިފިކް ހޯދުންތަކާ އެއްގޮތަށް އަމަލުކުރުމަށް ވައުދުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 12 މަސްދުވަހުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާނެ ފިޔަވަޅުތަކުގެ ޕްލޭނެއް ހުށަހެޅުމާއި، މި ޕްލޭން ޑެކްލެރޭޝަންގައި ބަޔާންކޮށްފައިވާ މަގްސަދުތަކާ އެއްގޮތްކުރުމާއި، އަހަރަކު އެއްފަހަރު ޢާންމުކޮށް ރިޕޯޓުކުރުމާއި، އަދި އެންމެ ރަނގަޅު އާދަތަކާއި ހައްލުތައް އެހެން ފަރާތްތަކާއެކު ހިއްސާކުރުމެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގްލާސްގޯ ޑެކްލެރޭޝަންގައި އެންމެ ފަހުގެ ދިރާސާތަކާއި ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރުންގެ ލަފާ ހިމަނާފައިވެއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާނެ ފިޔަވަޅުތައް އަވަސްކުރުމަށް އެކުލަވާލާފައިވާ ޑެކްލެރޭޝަންއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް