ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 16:30
ރާއްޖޭގެ ރިސޯޓެއްގައި ސްޕާގެ ޚިދުމަތް ފަތުރުވެރިޔަކު ހޯދަނީ
ރާއްޖޭގެ ރިސޯޓެއްގައި ސްޕާގެ ޚިދުމަތް ފަތުރުވެރިޔަކު ހޯދަނީ
ގެޓީ އިމޭޖަސް
ފަތުރުވެރިކަމުގެ އެވޯޑް
އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ރާއްޖެ އަށް
ރާއްޖެއަށް ލިބުނު މަގާމުގެ އިތުރުން ދިވެހިރާއްޖޭގެ ދެ ރިސޯޓަކަށްވެސް ވަނީ ފާހަގަކޮށްލެވޭ މަޤާމުތަކެއް ލިބިފައި

ދިވެހިރާއްޖެއަށް 10 ވަނަ އަހަރީ ވޯލްޑް ސްޕާ އެވޯޑްސްގައި 2024 ވަނަ އަހަރުގެ އިންޑިއަން އޯޝަންގެ އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ލިބިއްޖެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ދެ ރިސޯޓަކަށްވެސް ވަނީ ފާހަގަކޮށްލެވޭ މަޤާމުތަކެއް ލިބިފައެވެ. މި ގޮތުން ޖޯލި ބީއިންގ އަށް ވަނީ 2024 ވަނަ އަހަރުގެ އިންޑިއަން އޯޝަންގެ އެންމެ ރަނގަޅު ވެލްނެސް ރިޓްރީޓްގެ މަޤާމު ލިބިފައެވެ. އަދި ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުއްޓަށް ވަނީ 2024 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އެންމެ ރަނގަޅު ރިސޯޓް ސްޕާގެ މަޤާމު ލިބިފައެވެ. އަދި ހަމައެހެންމެ ޖޯލި ބީއިންގ އަށް ވަނީ 2024 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އެންމެ ރަނގަޅު ވެލްނެސް ރިޓްރީޓްގެ މަޤާމުވެސް ލިބިފައެވެ.

ވޯލްޑް ސްޕާ އެވޯޑްސްއަކީ ސްޕާ އަދި ވެލްނެސް ޓޫރިޒަމްގެ ދާއިރާގައި އެންމެ މަތީ ފެންވަރު ހިފަހައްޓާ ފަރާތްތައް ފާހަގަކުރުމަށް ބޭއްވޭ ހަފްލާއެއް ކަމަށާއި މި އެވޯޑްތަކަށް ވޯޓުލަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ކަމަށާއި، މި އެވޯޑްތަކުން ފާހަގަކުރެވެނީ ޚާއްޞަ ވެލްނެސް ތަޖުރިބާތައް ފޯރުކޮށްދޭ ތަފާތު މަންޒިލުތައް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ދާއިރާގައި އެންމެ ރަނގަޅު ޚިދުމަތްތަކާއި ސްޕާ ޚިދުމަތް ހޯދާ ފަރާތްތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސްޕާ އަދި ވެލްނެސް ދާއިރާއަށް ދުނިޔޭގެ ފެންވަރުގައި ލިބެމުންދާ ބަލައިގަތުން އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް