ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 22:40
އިންޑިއާގެ ބީޖޭޕީގެ ރައީސް ޖޭޕީ ނައްދާ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ
އިންޑިއާގެ ބީޖޭޕީގެ ރައީސް ޖޭޕީ ނައްދާ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ
ބީޖޭޕީ
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
އިންޑިއާގެ ބީޖޭޕީ އާއި ޕީއެންސީ ގުޅުން ބަދަހި ކުރަނީ
ބީޖޭޕީ ގެ ރައީސް އާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވީ ހޯމަ ދުވަހު ނިއުދިއްލީގައި

އިންޑިޔާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ރައީސް ޑރ. މުއިއްޒުގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅުން ބަދަހި ކުރަން މަޝްވަރާ ކޮށްފިއެވެ.

އިންޑިއާ އަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ހޯމަ ދުވަހު މުއިއްޒު ވަނީ ބީޖޭޕީގެ ރައީސް ޖަގަތު ޕްރަކާޝް ނައްދާ އާ ބައްދަލު ކުރައްވާފައެވެ.

ހޯމަ ދުވަހުގެ ރޭ ބީޖޭޕީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ނިއު ދިއްލީގައި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ބީޖޭޕީގެ ރައީސް ބައްދަލުކުރައްވާ ދެ ޕާޓީގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ އިތުރުން އިންޑިޔާ-ދިވެހިރާއްޖެއާ ދެމެދުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެއްވި ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް