ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 13:34
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން
ރައީސް އޮފީސް
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
އިންޑިއާ އަކީ ރާއްޖޭގެ އިގްތިޞާދީ، އުމްރާނީ އަދި އިޖްތިމާއީ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް - ރައީސް
ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތުން އުޖާލާ މުސްތަޤްބަލަކަށް ވާސިލްވެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ
ދީއާ ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގަ
ރައީސް މުއިއްޒު ވަނީ އުނދަނގޫ ވަގުތުތަކުގައި އިންޑިއާ އަބަދުވެސް އޮތީ ރާއްޖެ އާއި އެކުގައި ކަމަށް ފާހަގަކުރައްވާފަ

އިންޑިއާ އަކީ ރާއްޖޭގެ އިގްތިޞާދީ، އުމްރާނީ އަދި އިޖްތިމާއީ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ މިހާރު އިންޑިއާ އަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުކުރެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ގުޅިގެން ދެއްވި ބަޔާނުގައެވެ.

އެ މަނިކުފާނު ވަނީ އިންޑިއާ އިން އެ މަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަށް ދަންނަވާފައި ވަނީ ވަރަށް ހޫނު މަރުހަބާ އެއް ކަމަށް ފާހަގަކުރައްވާ އެކަމަށްޓަކާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި އިންޑިއާ އަށް ޝުކުރު އަދާކުރައްވާފައެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަޝްވަރާގެ އަލީގައި ކުރިއަށް އޮތްތަނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިކުރުމާއި މެދު ކުރެވިދާނެ ކަންކަމަށް ބަލާލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން މިހާތަނަށް ދެމިގެން އައި ގޮތާއި މެދު ވެސް އެ މަޝްވަރާގެ ތެރެއިން ވާހަކަދައްކަވާފައިވާ ކަމަށެވެ. ހަމައެހެންމެ މުސްތަޤްބަލްގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމާއި މެދު ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އިގްތިސާދީ އަދި މެރިޓައިމް ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާއި މެދު އެއްބަސްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވަނީ އުނދަނގޫ ވަގުތުތަކުގައި އިންޑިއާ އަބަދުވެސް އޮތީ ރާއްޖެ އާއި އެކުގައި ކަމަށް ފާހަގަކުރައްވާފައެވެ.

އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން ކުރެވޭ މުއާމަލާތްތަކާއި، ޑިޖިޓަލް އަދި މާލީ އިންސްޓްޓިއުޝަނާއި، ހަކަތައިގެ ޕްރޮޖެކްޓްތައް، ސިއްހީ ދާއިރާ އިން ދޭ އެއްބާރުލުމާއި، މެރިޓައިމް ދާއިރާއިން ވެސް ދެ ގައުމުގެ ދެމެދުގައި ގުޅުން އެބަ އޮތް. އިންޑިއާ އިން އުނދަނގޫ ވަގުތުތަކުގައި ރާއްޖެ އާއި އެކު އޮތް. އިގްތިސާދީ، އިޖުތިމާއީ އަދި އުމްރާނީ ތަރައްޤީގައި އިންޑިއާ އަކީ މުހިންމު ބައިވެރިއެއް. އެކަމަށްޓަކާ ބޮޑުވަޒީރު މޯދީ އަށާއި އިންޑިއާގެ ރައީސަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރަން.
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތުން އުޖާލާ މުސްތަޤްބަލަކަށް ވާސިލްވެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެކުގައި މަސައްކަތްކުރާނީ ރާއްޖެ އާއި އިންޑިއާ އަށް ފައިދާ ވާނެ ފަދަ މާދަމާ އެއް ބިނާކުރުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް