ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 19:57
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގަތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގަތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގެންފި، ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ ހޯމަ ދުވަހު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ވިދާޅުވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން، ނިއުދިއްލީގެ ޕަލަމް އެއަރޕޯޓުން މަރުހަބާ ދަންނަވާފައި ވަނީ އިންޑިއާ ސަރުކާރުގެ އިސްވެރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން، ނިއުދިއްލީގެ ޕަލަމް އެއަރޕޯޓުން މަރުޙަބާ ދަންނަވާފައި ވަނީ އިންޑިއާ ސަރުކާރުގެ އިސްވެރިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގަ ހޯމަ ދުވަހު އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށްފަހު، ދެޤައުމުގެ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް އޮންނާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީސް، ހައިދުރަބާދު ހައުސްގައެވެ. އެގޮތުން ދެޤައުމުގެ ވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވައި ގުޅިފައިވާ ބަޔާން ދެއްވާނެއެވެ. އަދި މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މަޝްރޫޢޫތައް އިފްތިތާޙްކުރާނެއެވެ. އެގޮތުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރުން އިފްތިތާޙުކުރާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އެންޓި-ކޮރަޕްޝަންގެ ދާއިރާއާއި ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި ކުޅިވަރުގެ ދާއިރާ ފަދަ ދާއިރާތަކުން އެއްބަސްވުން އެކުލަވާލުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނިއުދިއްލީގެ އިތުރުން އާގަރާ އާއި ވިޔަފާރީގެ ރަށް މުމްބާއީގެ އިތުރުން ބެންގަލޫރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހާމަކުރުމަށް ބިޒްނަސް ފޯރަމްތަކެއްވެސް ބައެއް ސިޓީތަކުގައި ބާއްވާނެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ދާދި ފަހުން ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމަށް އިންޑިއާ އިން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށާއި، އަދި މި ދަތުރުފުޅުން ދެޤައުމުގެ އެއްބާރުލުމާއި ރައްޔިތުންގެ މެދުގައި އޮންނަ ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ޑރ. މުއިއްޒު ކުރިން އިންޑިއާއަށް ވަޑައިގެންފައިވަނީ 2024 ގެ ޖޫން މަހު ބޭއްވުނު ބޮޑުވަޒީރު މޯދީ ބޮޑުވަޒީރުގެ ކަމުގެ ތިންވަނަ ދައުރަށް ހުވާކުރުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިންޑިއާގެ ބައެއް ސިޓީތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް