އާސަހަރާގެ މަސައްކަތަކީ އިންތިޚާބުވި އިރު އެންމެ ގިނަ މީހުން އެދުނު އެއްކަންތައް ކަަމަށާއި އުންމީދު މިވަނީ ހާސިލްވެފައިކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ މި މިސްކިތަކީ ވަރަށް މުހިންމު މިސްކިތެއް ކަމަށެވެ. ކައުންސިލުން މަސައްކަތްކޮށްފައި ވާނީ އާއްމުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް އާސަހަރާގެ މަސައްކަތް ކުރުމަށް ކަމަށާއި އެ މަސައްކަތް އަވަސްކުރަން ވަރަށް ބޮޑަށް އިސްކަން ދެއްވި ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ގިނަ ބަދަލުތަކެއް ގެންނަން ޖެހުމުން އެ މަސައްކަތް ފަސްވި ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ މިހާރު ކުރިއާއި އަޅާ ބަލާއިރު 3 ގުނަ އިތުރަށް ނަމާދުކުރުމުގެ ޖާގަ އާސަހަރާ މިސްކިތުގައި އޮންނާނެ ކަމަށެވެ. އަދި އެތަން އޭސީކޮށް އެތަން ކުރިއަށް ވުރެ ހިތްފަސޭހަތަކަށް އާސަހަރާ މިސްކިތް ހަދާފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ކުރެވިފައި ވަނީ ގިނަ ބަޔަކު ރެއާއި ދުވާލު ހޭލާ ތިބެގެން ކުރި ބުރަ މަސައްކަތްތަކާއި އެކުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. މި މަސައްކަތުގެ ސަބަބުން މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މޭޔަރކަމަށް އިންތިޚާބުވެވަޑައިގެންނެވި އިރު ވެސް އެންމެ ބޮޑަށް އާއްމުން އެދެމުން އައި އެއް ކަމަކީ އާސަހަރާގެ މައްސަލަ ހައްލުކޮށްދިނުން ކަމަށެވެ. އަދި މި މަސައްކަތަކީ ސަރުކާރާއި އެކު ގުޅިގެން މަސައްކަތް ކުރެވޭނެ ކަން މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ދައްކުވައިިދިން ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އާސަހަރާ ހެދުމަށް ކުރިން ހަވާލު ކުރި މީހުންގެ އަތުން ފައިސާ ލިބުނުތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާޒިމް ވިދާޅުވީ އެކަން ބަލާނީ މުއައްސަސާތަކުން ކަމަށެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ އެކަން ކުރަން ރާއްޖޭގައި މުއައްސަސާތައް އެބަ ހުރި. އެކަން ބަލާނެ. އަޅުގަނޑު މީހަކަށް ތުހުމަތު ކުރާނީ އެ ޑޮކިއުމެންޓް ހުރެގެން. އެހެން ނޫނީ އެއްވެސް މީހެއްގެ އަބުރު ކަތިލާކަށް އަޅުގަނޑު ބޭނުމެއް ނޫން.މާލޭގެ މޭޔަރ އާދަމް އާޒިމް
އާ ސަހަރާގެ މިސްކިތުގެ ޖާގަ ބޮޑުކޮށް، އެހެން ހިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް ކުރުމަށް މިހާރުގެ ރައީސް މޭޔަރކަމުގައި ހުންނަވާ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށް ހަވާލުކުރެއްވިއެވެ. އެ މަަސައްކަތް ނުނިމިގެން އެ އެއްބަސްވުން އުވާލު އިރު ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެ މަސައްކަތް ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަސް ވަނީ ހަވާލުކޮށްފައެވެ.
އާ ސަހަރާގެ މިސްކިތުގެ ޖާގަ ބޮޑުކުރުމަށް އިތުރު ފަންގިފިލާއެއް ވެސް ހަދައި އެ ތަނުގައި ނަމާދު ކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އާ ސަހަރާ މަރާމާތުކުރުމުގެ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރުކަމަށް ވާއިރު އޭރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެހެންނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން ކައުންސިލުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބީސިކްސް އިވެންސްޓްމަންޓާއިއެވެ.
ފަހުން މާލޭގެ މޭޔަރ ކަމަށް އާޒިމް ހޮވިވަޑައިގެން މާލޭ އާސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.