މާލެ-ވިލީމާލެ ބްރިޖުގައި މަސައްްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވައްޒަފަކު މަރުވެފައިވާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ޒަޚަމުތަކާ އެކު އޮތް މީހަކު އަންގާރަ ދުވަހުގެ ފަތިހު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ ޚިދުމަތަށް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ އައިޖީއެމްއެޗް އަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
އިތުރަށް ފުލުހުން ބުނީ އެ ޚިދުމަތުގެ ފަރާތުން މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެމީހާ އަކީ މާލޭ-ވިލިމާލޭ ބްރިޖުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފެއް ކަމަށެވެ.
އަދި އޭނާ ފެނިފައިވަނީ އެފްކޯން ކުންފުނީގެ ވިލިމާލޭ ސައިޓްގައި އޮތްވާ ކަމަށެވެ.
އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަންނަނީ ތަޙުޤީގު ކުރަމުންނެވެ.