ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 12:06
ގިލްފީ ސިގަޑްސަން
ގިލްފީ ސިގަޑްސަން
ދި ގާޑިއަން
އިނގިރޭސި ޕްރިމިއާ ލީގު
ސިގަޑްސަން އެވަޓަން އަށް ސޮއިކޮށްފި!
އެވަޓަން އަށް އޭނާ ސޮއިކޮށްފައިވަނީ 45 މިލިއަން ޕައުންޑަށް
ސިގަޑްސަން ވެގެންދާނީ އެވަޓަންއިން މިހާތަނަށް ގެންނަ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް

ސްވަންސީއަށް ކުޅެމުންއައި އައިސްލޭންޑުގެ މިޑްފީލްޑާ ގިލްފީ ސިގަޑްސަން އެވަޓަންއަށް ސޮއިކޮށްފިއެވެ.

އެވަޓަން އަށް އޭނާ ސޮއިކޮށްފައިވަނީ 45 މިލިއަން ޕައުންޑަށެވެ. ސިގަޑްސަން ވެގެންދާނީ އެވަޓަންއިން މިހާތަނަށް ގެންނަ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.

ސިގަޑްސަން ހޯދުމަށް މީގެ ކުރިން ލެސްޓާ ސިޓީއިންވެސް ވަނީ ބިޑުކޮށްފައެވެ. އެހެން ނަމަވެސް ލެސްޓާއިން ހުށަހެޅި 40 މިލިއަން ޕައުންޑުގެ ބިޑަށް ސްވަންސީއިން ވަނީ ފުރަގަސް ދީފައެވެ.  މިދިޔަ ސީޒަނުގައިވެސް އެވަޓަންއިން ވަނީ ސިގަޑްސަން ގަންނަން މަސައްކަތްކޮށްފައެވެ.

ސިގަޑްސަން ވަނީ މިދިޔަ ސީޒަނުގައި ސްވަންސީއަށް ނުވަ ލަނޑު ޖަހައިދީފައެވެ. އަދި އޭނާ އަކީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނައިން ހިލޭ ޖެހުމުން ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

މިދިޔަ އަހަރު އޭނާވަނީ ސްވަންސީއާއިއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. އަދި މިދިޔަ މެއި މަހު އޭނާވަނީ ސްވަންސީ ދޫކޮށް ދާން ބޭނުންނުވާ ކަމަށް ހާމަކޮށްފައެވެ.

އެވަޓަންއިން ވަނީ މިސީޒަނަށް ކްލަބް ވަރުގަދަ ކުރުމަށް ގިނަ އަދަދެއްގެ ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ވޭން ރޫނީއާއި މައިކަލް ކީންގެ އިތުރުން ސަންޑްރޯ ރަމިރޭޒް ހިމެނެއެވެ.

އެވަޓަންއިން ވަނީ މި ސީޒަނުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މިވަގުތު އެ ޓީމު އޮތީ ޕޮއިންޓު ތާވަލުގެ ހަތް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް