ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 09:01
ޕީއެސްޖީ އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ
ޕީއެސްޖީ އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ
ރޮއިޓާސް
ޕީއެސްޖީ
އަޚުލާޤީ މައްސަލައެއްގައި ޕީއެސްޖީ ސްކޮޑުން ޑެމްބެލޭ އުނިކޮށްފި
އެއީ ފްރާންސް ލީގުގައި އެންމެ ފަހުންް ޕީއެސްޖީން ރެނެސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ޑެމްބެލޭ އާއި އެންރީކޭއާ ދެމެދު ހިނގައި ދިޔަ ދެބަސްވުމެއްގެ ސަބަބުން އެންރީކޭ ނިންމި ނިންމުމެކެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ އެ ޓީމުގެ ސްކޮޑުން އުނިކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ޑެމްބެލޭ ޕީއެސްޖީގެ ސްކޮޑުން އުނި ކުރަން ނިންމީ އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އެވެ. އެންރީކޭ އެ ނިންމުން ނިންމައި، ސްކޮޑުން ޑެމްބެލޭ އުނިކޮށްފައި ވަނީ އަޚުލާޤީ މައްސަލައަކާ ގުޅިގެންނެވެ. އެއީ ފްރާންސް ލީގުގައި އެންމެ ފަހުންް ޕީއެސްޖީން ރެނެސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ޑެމްބެލޭ އާއި އެންރީކޭއާ ދެމެދު ހިނގައި ދިޔަ ދެބަސްވުމެއްގެ ސަބަބުން އެންރީކޭ ނިންމި ނިންމުމެކެވެ.

އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން އާސެނަލާ ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުން އެކުލަވާލި ސްކޮޑުން ޑެމްބެލޭ ވަނީ އުނިކޮށްފަ އެވެ. އެންރީކޭ އެކުލަވާލި ސްކޮޑު ޕީއެސްޖީން އިއުލާން ކޮށްފައިވާއިރު، ޑެމްބެލޭގެ ނަމެއް ނެތެވެ. އަންގާރަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅޭ މެޗަށް ޑެމްބެލޭ އުނި ކުރުމަށްފަހު، އެންރީކޭ ފުރުސަތު ދީފައި ވަނީ ވިޓީނިއާ އަށެވެ.

ޕީއެސްޖީގެ ސްކޮޑުން ޑެމްބެލޭ އުނިކޮށްފައިވާއިރު، މި ސީޒަންގައި ވެސް އޭނާ އަންނަނީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޑެމްބެލޭ ވަނީ މި ސީޒަންގައި ޕީއެސްޖީ އަށް ކުޅެދިން ހަތް މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ހަތަރު ލަނޑަކީ ފްރާންސް ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް