ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 14:48
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން
އިމިގްރޭޝަން
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުން
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އަތޮޅުތެރޭގެ ރަށްތަކުގައި އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ: ޝަމްއާން
އަތޮޅުތެރޭގައި އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ޕްލޭންތައް ދަނީ ހަދަމުން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު، 3 އަހަރުގެ ތެރޭގައި މައްސަލަ ހައްލު ކުރަން ވަނީ އަމާޒުހިފާފައި
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އަތޮޅުތެރޭގެ ރަށްތަކުގައި އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންއާ ގުޅޭގޮތުން މީޑީއާތަކާއި ވާހަކަދައްކަވަމުން ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ މާލެ ސަރައްހަދުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ރަށްތަކުގައި ވެސް އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށާއި، އެ މަސައްކަތް ކުރުމަށް ޕްލޭންތައް އެކުލަވާލަމުންދާ ކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތް ކުރުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

Advertisement

ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މިމައްސަލަ ހައްލު ކުރުމަކީ މައިގަނޑު މަގުސަދު ކަމަށް އޭނާ ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގިއަށް އިޝާރާތް ކުރައްވައި ޝަމްއާން ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ވެސް ބިދޭސީންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިވަގުތު މުޅި މާލެ ސަރަހައްދު އަޅުގަނޑުމެން މި އިންސްޕެކްޓް ކުރަނީ. ދެން އަތޮޅުތަކަށް ފުޅާ ކުރަމުންދާ ޕްލޭންތައް ރޭވެމުންދަނީ. ދެން އަޅުގަނޑުމެންގެ މުޅި ޓާގެޓަކީ މިތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުން. ދެން އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރެވެމުން މިދަނީ. އޭގެ ތެރޭގައި ބައެއް މީހުންނަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައި. އަދި ރިކޯޑް ނެތް ފަރާތްތައް އަޅުގަނޑުމެންގެ ކުރަނގި އޮޕަރޭޝަންގެ ތެރޭގައި އެމީހުން ރަޖިސްޓަރ ވެގެން އެމީހުންގެ އައިޑެންޓިޓީ ދިނުން ހިމެނޭ. އޭގެ އިތުރުން އެންފޯސް ކުރުމުގެ މަސައްކަތް މިހާރު މިކުރިއަށް ގެންދަނީ. ރެއިޑް ކުރުމުގެ ކަންތައްތައް. އެހެންވީމަ ތިން އަހަރު ދުވަސް ތެރޭގައި އަޅުގަނޑުމެން ބަހާލައިގެން މިމަސައްކަތް ކުރާއިރު ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް އަތޮޅުތެރެއަށް ރީޗް ވާން ނަގާފަނެ. އެހެން ނަމަވެސް ދޭން ބޭނުންވާ ޔަގީންކަމަކީ އަތޮޅުތެރެއަށް ވެސް މި އޮޕަރޭޝަން ފުޅާވެގެންދާނެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން

ޝަމްއާން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް ޑީޕޯޓު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑީޕޯޓު ކުރާނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް