ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 09:10
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
އެމްޑީޕީ
އިންޑިއާ އައުޓް ކެމްޕޭން
އިންޑިއާ އައުޓް ކެމްޕޭން ފެށީ ކޮވިޑާއެކު ރާއްޖެ ބަނގުރޫޓު ނުވުމުން އެކަމުގެ ރުޅީގައި: މައުރޫފް
މި ސަރުކާރު ވެރިކަމަށް އައުމުން އޭރު ހެދި ދޮގުތައް ފާޅުވަމުންދާކަމަށްވެސް މެމްބަރު ވިދާޅުވި
މައުރޫފް ވިދާޅުވީ، މިދިޔަ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ޤަބޫލުކޮށްގެން ތިބީ ކޮވިޑާއެކު ރާއްޖެ ބަނގުރޫޓުވާނެކަމަށް

އިންޑިއާ އައުޓް ކެމްޕޭން ފެށީ ކޮވިޑާއެކު ރާއްޖެ ބަނގުރޫޓު ނުވުމުން އެކަމުގެ ރުޅީގައިކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، މިދިޔަ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ޤަބޫލުކޮށްގެން ތިބީ ކޮވިޑާއެކު ރާއްޖެ ބަނގުރޫޓުވެ އޭގެ އަސަރު ސަރުކާރަށް ކުރާނެކަމަށް ކަމަށާއި، ނަމަވެސް ކަންވީ އޭގެ ދިމާ އިދިކޮޅަށް ކަމަށެވެ.

Advertisement

އަދި ކޮވިޑް މެނޭޖް ކުރުމުގައި އޭރު އަވައްޓެރި އިންޑިއާއިންވެސް ވަރަށް ބޮޑު އެހީއެއް ވެދީފައިވާ ކަމަށާއި، އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ރާވަމުން އައި ކަންކަން ފެއިލްވީކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ރުޅިވެރިކަން އިންޑިއާއަށް ބޭލުން މިއީ އަސްލު އަޅުގަނޑަށް ވިސްނޭ ގޮތުގައި ކުރި ކަމަކީ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މި ސަރުކާރަކިީ، އަނިޔާވެރި އަދި ރައްޔިތުންނަށް އޮޅުވާލައިގެން އައިސްފައިވާ ސަރުކާރެއްކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެހިސާބުން އިދިކޮޅުން ދެން ފެށީ އިންޑިއާ އައުޓް ގެ ވާހަކަ ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައުމުން އޭރު ހެދި ދޮގުތައް ފާޅުވަމުންދާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ހާހުން އިންޑިއާ ސިފައިން ތިބިކަމަށް ބުނާ ވާހަކައިގެ ތެދު ދޮގު މިއަދު ހާމަވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރާ މަޖިލިސް ލިބުމާއެކު ރައީސް ޑރ މުޙައްމަދު މުއިއްޒާއި ސަރުކާރުގެ ރާގު އިންޑިއާއާ ގުޅޭގޮތުން ވަނީ މުޅިން ބަދަލު ވެފައެވެ. އެގޮތުން ދާދި ފަހުން ރައީސް ޑރ މުއިއްޒު ވަނީ އިންޑިއާއާ ދެކޮޅު ސިޔާސަތެއްވެސް އެމަނިކުފާނު ނުގެންގުޅުއްވާކަމަށް ވިދާޅުވެ، ސަރުކާރުގެ ނައިބް ވަޒީރުން އިންޑިއާގެ ބޮޑުވަޒީރަށް މަލާމަތް ކުރުންވެސް ކުށްވެރި ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް