ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 15:47
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ވާހަކަދައްކަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ވާހަކަދައްކަވަނީ
ރައީސް އޮފީސް
މޯދީއަށް ފާޑުކީ މައްސަލަ
ރައީސް އިސްވެ ހުންނަވައިގެން ކުޅުއްވި ޑްރާމާގައި މޯދީއަށް މަލާމާތްކުރި މައްސަލައިގައި ފިޔަވަޅު އެޅުއްވިކަމަށް ރައީސް ވިދާޅުވެއްޖެ
އެއްވެސް މީހަކު އެފަދަ އެއްޗެއް ވިދާޅުވުމަކީ ގޯހެއް
މޯދީއަށް ފާޑުވިދާޅުވި މައްސަލައިގައި ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން 3 ޑެޕިއުޓީން ސަސްޕެންޑްކުރި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން ކުޅުއްވި ޑްރާމާއެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކުރި މައްސަލައިގައި ވަގުތުން އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން 'ޕްރިންސްޓަން ޔުނިވަރސިޓީގެ' ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގެ 'ޑީންސް ލީޑަޝިޕް ސީރީޒް' ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރުމަކީ ގޯހެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެއްވެސް މީހަކު އެފަދަ އެއްޗެއް ވިދާޅުވުމަކީ ގޯހެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އެމަނިކުފާނު ފިޔަވަޅު އެޅުއްވި ކަމަށެވެ. އަދި ލީޑަރެއް ވިޔަސް އާދައިގެ މީހަކަށް ވިޔަސް އެގޮތަށް އެއްވެސް މީހަކަށް ފުރައްސާރަ ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ކޮންމެ އިންސާނެއްގެވެސް އަބުރެއް އޮންނާނެ ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރަށް ފާޑުވިދާޅުވުމާ ގުޅިގެން ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުންނަކީ ޒުވާނުންނާގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދެވެ. އޭގެ ތެރެއިން ޝިއުނާ އަދި މަލްޝާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

Advertisement

އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތްކޮށް ފުރައްސާރަކޮށް ހަޑިހުތުރުބަހުން އެއްޗެހި ގޮވުމުގައި އިސްކޮށް އުޅުނީ މަލްޝާއާއި ޝިއުނާއެވެ. ރައީސް އިންޑިއާއަށް ވަޑައިގަންނަވާކަން ރައީސް އޮފީހުން ހާމަކުރި ދުވަހު މި ދެމީހުން ވަނީ މަގާމުން އިސްތިއުފާދީފައެވެ. އިސްތިއުފާ ދިނީ މި މަހުގެ 10 ވަނަ ދުވަހުއެވެ އޭގެކުރިން މުސާރަ ލިބޭގޮތަށް ދެމީހުން ތިބީ ގޭގައި ބައިިތިއްބާފައެވެ. މި ތިން މީހުން ސަސްޕެންޑްކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރަށް އަމާޒު ކުރައްވައި ވާހަކަތަކެއް ދެއްކެވުމާ ގުޅިގެން، މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

ސަރުކާރުން މި ފިޔަވަޅު އެޅީ އާންމުންގެ ކަންބޮޑުވުން ބޮޑުވެ، ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވުމާ ގުޅިގެންނެވެ.

މަލްޝާ އަދި ޝިއުނާ މަގާމުން އިސްތިއުފާ ދިން ނަމަވެސް، އެމީހުންނަށް ސަރުކާރުގެ ކުންފުންޏަކަށް ޑެޕިއުޓީ މިނިސްޓަރަކާއި އެއްފެންވަރެއްގެ މުސާރަ ލިބޭގޮތަށް ވަޒީފާ ދިނުމަށް ރައީސް ނިންމަވާފައިވާކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ. އެގޮތުން މަލްޝާއަށް އެޗްޑީސީގެ މަގާމެއް ދީފައިވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް