ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 15:16
ދާންދޫއަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުން ދިޔުމުން މަސްވެރިން ނިކުމެ ތިބި މަންޒަރު
ދާންދޫއަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުން ދިޔުމުން މަސްވެރިން ނިކުމެ ތިބި މަންޒަރު
ރާއްޖެއެމްވީ ގްރެފިކްސް
ދާންދޫ މަސްވެރިން
ރުޅިގަދަވެފައި ތިބި މަސްވެރިން ނިކުމެ ފިޝަރީޒް ޓީމް ދާންދޫއިން ބޭރުކޮށްލައިފި
"ފައިސާ ނުލިބޭ، ތެޔޮކޮޅެއް ނުލިބޭ، އައިސް ނުލިބޭ، އައިސްޕްލާންޓްތައް މިހުރީ ހަލާކުވެފައި، މަހެއް ބާނާއިރު އެ މަސްކޮޅެއް ނުއެއް ކިރޭ." ދެން ކީއްކުރަން އަންނަ ޓީމެއްތޯ
ގިނަ އޮޑިފަހަރަށް ތިންލައްކަ ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ސަރުކާރުން ނުދީ ހުރުމުން ފިޝަރީޒް މިނިސްޓްރީގެ ބަޔަކާ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް
ގާތްގަނޑަކަށް ފަސްފީފާ ތެޔޮ އޮޑިޔަކަށް ވިއްކަނީ އެމިންވަރުގެ ތެލުން މިހާރު އޮޑިފަހަރު އެއް ދުވަހުގެ ދަތުރުވެސް ނުދުއްވޭ

ޑެޕިއުޓީ މިނިސްޓަރު ހިމެނޭ ގޮތަށް ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެއް ގއ. ދާންދޫއަށް ދިއުމުން ރައްޔިތުން ނިކުމެ އެމީހުން ރަށަށް އެރިއަ ނުދީ ބޭރުކޮށްލައިފިއެވެ.

ދާންދޫ އިން ރާއްޖެއެމްވީއަށް ވާހަކަދެއްކި މަސްވެރިޔަކު ކިޔައިދިން ގޮތުގައި މި ޓީމަކީ މަސްދޯނި ފަހަރުގައި ފިނިކުރާ ނިޒާމް - އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމާ ގުޅޭގޮތުން ލޯނު ދޫކުރަން ވާހަކަދެއްކުމަށް ބައްދަލުވުމެއް ބޭއްވުމަށް އައި ޓީމެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިޓީމު ކުރިން އަންނަން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ 13:30ގައި ނަމަވެސް ޓީމު އައިސްފައިވަނީ މެންދުރު ނަމާދު ވަގުތު އެންމެން މިސްކިތުގައި ތިއްބާ ކަމަށެވެ.

ދާންދޫގެ ރައްޔިތުންނަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ރަށަށް އައި ކަން އެނގުމާއެކު އެންމެން ބަނދަރު މައްޗަށް ދިޔަ ކަމަށާއި އެމީހުން ރަށަށް އަރުވަން ރަށުގެ ރައްޔިތުންނާއި މަސްވެރިން ބޭނުން ނުވިކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މަސްވެރިޔާ ކިޔައިދިނެވެ.

"އެމީހުން ރަށަށް އައީ މެންދުރުގެ ވަގުތު، މިސްކިތުން ފައިބައިގެން އެންމެ ޖެޓީއާ ދިމާލަށް ދިޔައީ، ދިޔައިރު އެމީހުން ރަށާ ކައިރި ކުރަނީ، މަސްވެރިން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ ފިޝަރީޒް މިނިސްޓަރީގެ މީހުންނާ އިތުރަށް ވާހަކަ ދައްކާކަށް، ދައްކާނެ ވާހަކައެއް ނެތް ކަމަށް އެމީހުން ބުނަނީ.. އެއީ މަސްވެރިން ބާނާ މަސްކޮޅަށް ލާރި ނުދޭތީ...މިހާރުވެސް އެއް މަސްވެދާނެ ފައިސާ ނުދޭތާ،" ދާންދޫގެ މަސްވެރިޔަކު މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ އިތުރަށް ބުނީ، މިޝަރީޒް މިނިސްޓްރީ ރަށް އަރުވަން ރައްޔިތުންނާއި މަސްވެރިން ބޭނުން ނުވީ ދާންދޫގެ މަސްވެރިންނަށް ކިރުވި މަހަށް ލާރި ނުދޭތާ މިހާރުވެސް މަހަކަށް ވުރެ ގިނަވެފައިވުމާ، ގިނަ އޮޑިފަހަރަށް ތިންލައްކަ ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ސަރުކާރުން ނުދީ އޮތުމުން ފިޝަރީޒް މިނިސްޓްރީގެ ބަޔަކާ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެއެވެ.

ކޮންމެ އާއިލާއެއްވެސް ބަރޯސާވަނީ އެ އާއިލާއެއްގައި ހުންނަ މަސްވެރިއެއްގެ މައްޗަށް ކަމަށާއި، އެ އާއިލާއަކުން ކައިބޮއި އުޅެނީ މަސްވެރިޔާއަށް އަށް ލިބޭ އާމްދަނީން ކަމަށާއި މަސްވެރިންގެ ގޭގޭގެ ކަރަންޓު ފީ އާ ފެން ބިލާ ކުދިންގެ ޓިއުޝަން ފީ އާ މިހެން ހުރި ޚަރަދުތައް ހަމަ ނުޖެއްސޭކަން އޭނާ ފާހަގަ ކުރިއެވެ.

Advertisement

"މިކަންކަން ކިހިނެއްތޯ ހަމަޖައްސާނި އެމީހުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ." އޭނާ ބުންޏެވެ.

ދާންދޫ އަކީ މަސްވެރިކަމުގައި ބޭނުން ކުރާ އެންމެ ބޮޑެތި އޮޑިފަހަރު ހުރި އެއް ރަށް ކަން ފާހަގަ ކުރަމުން އޭނާ ބުނީ ކޫއްޑޫ އިން މިހާރު ދޯންޏަކަށް ދޫކުރަނީ އެއްހާސް ލީޓަރު ތެޔޮ ކަމަށާއި، އެއީ ގާތްގަނޑަކަށް ފަސްފީފާ ކަމަށާއި އެމިންވަރުގެ ތެލުން މިހާރު އޮޑިފަހަރު އެއް ދުވަހުގެ ދަތުރުވެސް ނުދުއްވޭ ކަމުގައެވެ. އެހެން ކަމުން ސަރުކާރުން ތެޔޮ ކޮންޓްރޯލް ކޮށްފައި އޮތުމުން މަސްވެރިންނަށް މަހަށް ދެވޭނެ ގޮތެއްވެސް ނެތް ކަމަށް ދާންދޫން ވާހަކަ ދެއްކި މަސްވެރިޔާ ބުންޏެވެ. 

"މިހާރުވެސް އެބައޮތް ދެ އިންޖީނު އެޅި ދޯންޏެއް މިރަށު ފަޅުގައި ކޫއްޑޫއަށް ގޮސް ތެޔޮ ނުލިބިގެން އައިސް މަހަށް ނުދެވި،" މަސްވެރިން އުޅެންޖެހޭ ދަތި ހާލު ކިޔައިދެމުން އޭނާ ބުންޏެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހުއްޓާ ރަށަށް އަރާ ބައްދަލުވުންތައް ބާއްވަން މަސްވެރިން ގަބޫލު ނުވީ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ފައިސާ ނުލިބޭ، ތެޔޮކޮޅެއް ނުލިބޭ، އައިސް ނުލިބޭ، އައިސްޕްލާންޓްތައް މިހުރީ ހަލާކުވެފައި، މަހެއް ބާނާއިރު އެ މަސްކޮޅެއް ނުއެއް ކިރޭ." ދެން ކީއްކުރަން އަންނަ ޓީމެއްތޯ އެނާ ވަނީ ސުވާލުކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިން ކިރާ މަހަށް 48 ގަޑީއިރުތެރޭ ފައިސާ ދެއްވާނެ ކަމަށާއި އަދި މަސްވެރިންނަށް ޑޮލަރުން ފައިސާ ދެއްވާނެ ކަމަށް ވައުދުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 16:05
ދާންދޫ ރައްޔިތުން
ސާބަހޭ ދާންދޫގެ ލޮބުވެތި މަސްވެރިން. ތިކުރާ ހިތްވަރަކީ މުޅިގައުމަށްވާ ނަމޫނާއެއް. ރަށުގެ ހުރިހާ އެންމެން ތިބީ މަސްވެރިންނާއެކު