ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 14:52
ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް
ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް
ޕޮލިސް
ގެއްލިގެން ހޯދާ މީހެއް
ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުން ދަނީ 30 އަހަރުގެ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް
އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ހުޅުމާލެ ފޭސް 3 އިން
އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް

ހއ ހޯރަފުއްޓަށް ނިސްބަތްވާ ފިރިހެނަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ 30 އަހަރުގެ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް އެވެ.

ބުދަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ ސާއިފް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

- ކޮމެންޓް