ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 00:52
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ޑރ، މުއިއްޒު - މަތިބަރު ސަރުކާރުގެ ސަބަބުން ޚަރަދުތައް ބޮޑުވާ ކަމުގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ޑރ، މުއިއްޒު - މަތިބަރު ސަރުކާރުގެ ސަބަބުން ޚަރަދުތައް ބޮޑުވާ ކަމުގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި
ރައީސް އޮފީސް
ދައުލަތުގެ ޚަރަދު
ތަރައްގީ އަށް ކުރާ ހޭދަ ބޮޑުތަނުން ދަށްވެ، މުސާރަ އާއި އުޖޫރަ އާއި އެލަވަންސަށް ކުރާ ޚަރަދު ބޮޑުތަނުން މައްޗަށް
އަހަރުގެ ދެވަނަ ކުއަރޓާގައި ހިންގުމުގެ ޚަރަދު 279.6 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. އެ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވަނީ މުސާރައާއި އުޖޫރައިގެ ޚަރަދުތައް އިތުރުވުން ކަމުގައެވެ. މުސާރައާއި އުޖޫރައިގެ ޚަރަދު 130.0 މިލިއަން ރުފިޔާ އިތުރުވެ، އަދި މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކަށް 119.3 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.

ދައުލަތުގެ ބަޖެޓުން ތަރައްގީ އަށް ކުރާ ހޭދަ ބޮޑުތަނުން ދަށްވެ، މުސާރަ އާއި އުޖޫރަ އާއި އެލަވަންސަށް ކުރާ ޚަރަދު ބޮޑުތަނުން މައްޗަށް ހިނގައްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފިއެވެ.

ސެޕްޓެމްބަރު 15 ގައި އެމްއެމްއޭ އިން ނެރުނު 'ކުއަރޓާލީ އިކޮނޮމިކް ބުލެޓިން' ގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ދައުލަތުގެ ޖުމްލަ ޚަރަދު (ދަރަނި އަނބުރާ ދެއްކުން ނުހިމަނައި) ގާތްގަނޑަކަށް 11.0 ބިލިއަން ރުފިޔާއަށް ވަނީ އަރާފައިވެއެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ ދައުލަތުގެ ޖުމްލަ ޚަރަދު އަހަރުގެ ދެވަނަ ކުއަރޓާގައި ދަށްވެފައިވާ ކަމަށާއި އެ ދަށްވުމުގެ އަސްލަކީ ފާހަގަ ކުރެވޭ މިންވަރަށް ކެޕިޓަލް އިންވެސްޓްމަންޓް ދަށަށް ގޮސްފައިވުން ކަމުގައެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ ޖުމްލަ ޚަރަދުގެ 79 އިންސައްތަ އަކީ ރިކަރަންޓް ޚަރަދު (ހިންގުމުގެ ޚަރަދު) ކަމުގައެވެ. އަހަރުގެ ދެވަނަ ކުއަރޓާގައި ހިންގުމުގެ ޚަރަދު 8.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ އިން ފާހަގަ ކުރާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއަރޓާގައި ހިންގުމުގެ ޚަރަދު 279.6 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. އެ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވަނީ މުސާރައާއި އުޖޫރައިގެ ޚަރަދުތައް އިތުރުވުން ކަމުގައެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ މުސާރައާއި އުޖޫރައިގެ ޚަރަދު 130.0 މިލިއަން ރުފިޔާ އިތުރުވެ، އަދި މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކަށް 119.3 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ރިކަރަންޓް ޚަރަދު އިތުރުވުމުގައި އިދާރީ އަދި ހިންގުމުގެ ޚަރަދުތައް އިތުރުވެފައިވުން އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބުނަނީ އަހަރުގެ ދެވަނަ ކުއަރޓާގައި އިދާރީ ކަންކަމަށާއި އަދި ތަކެތި ހޯދުމަށް ކުރާ ޚަރަދު އަހަރުގެ ދެވަނަ ކުއަރޓާގައި 322.8 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.

އަނެއްކޮޅުން ރައްޔިތުންގެ ދިރިއުޅުން ލުއިކޮށްދިނުމަށް އާންމު ގޮތެއްގައި ދައުލަތުން ކުރާ ޚަރަދުގެ ތެރޭގައި ހިމެނޭ އެހީ އާއި ސަބްސިޑީސްގެ ޚަރަދު 305.4 މިލިއަން ރުފިޔާ ވަނީ ދަށްވެފައިވެއެވެ.

މި ޚަރަދުތައް ދަށަށް ދިޔައީ ސަބްސިޑީ އަށް ކުރާ ޚަރަދު ދަށްވުމާއި، ޤައުމީ ސިއްޙީ އިންޝުއަރަންސް ސްކީމް، އާސަންދަ އަށް ކުރާ ޚަރަދު ދަށްވުމުގެ ސަބަބުން ކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ވެއެވެ.

ޖުމްލަ ޚަރަދުގެ 21 އިންސައްތަ ހިއްސާކުރަނީ ކެޕިޓަލް ޚަރަދުތައް ކަމަށް ވާއިރު، 2024 ގެ ފުރަތަމަ ކުއަރޓާގައި ކެޕިޓަލް ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިހެން މިކަން އޮތް އިރު، 2023 ގެ ފުރަތަމަ ކުއާޓަރުގައި 4.2 ބިލިއަން ރުފިޔާ ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ވަނީ ހޭދަކޮށްފައެވެ.

ކެޕިޓަލް ޚަރަދުތަކުގެ ބައިން އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ އިންފްރާސްޓްރަކްޗަރ އެސެޓްސްގެ ބައިން ކަން ފާހަގަ ކުރަމުން އެމްއެމްއޭ އިން ބުނެފައިވަނީ، އަހަރުގެ ދެވަނަ ކުއަރޓާގައި 1.7 ބިލިއަން ރުފިޔާ މިބައިން ދަށަށް ގޮސްފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނަނީ މިބައިން އެހާބޮޑު ދަށްވުމެއް އައިސްފައިވަނީ މަގުތަކާއި، ފާލަންތަކާއި، އެއަރޕޯޓްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރަމުން އައި ޚަރަދުތައް ކުޑަވުމުގެ ސަބަބުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް