ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 16:19
އެމެކްސް ކާރޑެއް
އެމެކްސް ކާރޑެއް
ބީއެމްއެލް
ބީއެމްއެލް/އެމެކްސް
ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސްގެ 20 އަހަރުގެ ގުޅުން ފާހަގަކުރަނީ
މިހާރު ކުރިއަށް ދާ ޕްރޮމޯޝަނުގެ ދަށުން ކާޑުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރި ކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް 200 ކަސްޓަމަރުން ހޮވާ ގުރުއަތެއްގައި ބައިވެރިވެވޭނެ.

ބޭންކް އޮފް މޯލްޑިވްސް އާއެކު ގާއިމްކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނަރޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ހިދުމަތް ދިވެހިރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުން އެބަދެއެވެ.

މި ހަރަކާތްތައް ފެށިފައިވަނީ މިދިޔަ ޖުލައި މަހު ބޭއްވި އިވެންޓަކުންނެވެ. މި ސިލްސިލާ ހަރަކާތްތަތަކުގެ ތެރެއިން، ހޯމަދުވަހު އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކާޑުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރި ކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް 200 ކަސްޓަމަރުން ހޮވާ ގުރުއަތެއްގައި ބައިވެރިވެވޭނެއެވެ. ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުންނާއި ނުވަތަ އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މަރޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށްވެސް ބީއެމްއެލް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެއެވެ.  

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ "2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ކްރެޑިޓް ކާޑު ތައާރަފްކޮށް އަދި އެއަށްފަހު ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރުފް ކުރެވުނު ކަމީވެސް އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް. މިއަދު، އަޅުގަނޑުމެންގެ 20 އަހަރުގެ އެކްސްކްލޫސިވް ޕަރޓްނާޝިޕް އާއެކު، އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް."

ނިމާލް އިތުރަށް ވިދާޅުވީ "އެމެރިކަން އެސްޕްރެސް އިން އަބަދުވެސް އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ހާއްސަ އޮފަރތައް ފޯރުކޮށްދޭ. އަޅުގަނޑުމެން މިފަހުން ތައާރުފްކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ވެފައިވަނީ، އެކާޑުން ލިބޭ ހާއްސަ ފައިދާތަކާއެކު ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޓަކްޓަކަށް."

ބޭންކް އޮފް މޯލްޑިވްސް އަކީ 345،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މަރޗަންޓުންނާއެކު ރާއްޖޭގައި އެންމެ ފުޅާކޮށް ކާޑުގެ ޚިދުމަތްދޭ ބޭންކެވެ. އަދި ހަމައެހެންމެ ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝުއަރ އަދި މަރޗަންޓް އެކުއަރިންގ ޕާރޓްނަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް