ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 09:55
މެޗުގައި ލަނޑު ޖެހުމަށްފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އިންޓަ މިލާންގެ މައްޗަށް، އޭސީ މިލާން އިން ކުރި ހޯދައިފި
މެޗުން މޮޅުވެ އޭސީ މިލާން މިހާރު އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ.

އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާާންއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އޭސީ މިލާން މޮޅުވެއްޖެ އެވެ.

އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އޭސީ މިލާން އިން ކާމިޔާބު ކުރީ 2-1ންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އޭސީ މިލާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. ނަމަވެސް، ފުރަތަމަ ހާފުގައި އިންޓަ މިލާން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި، މެޗުގެ 27 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ފެޑެރިކޯ ޑިމާކޯ އެވެ. މެޗުން އޭސީ މިލާާން މޮޅުވީ މެޗުގެ 89 ވަނަ މިނެޓުގައި މަޓެއޯ ގަބިއާ ޖެހި ލަނޑުންނެވެ.

މެޗުން މޮޅުވެ އޭސީ މިލާން މިހާރު އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން އަށް ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަ ވަނައިގައި އިންޓަ އަށް ވެސް ލިބެނީ އަށް ޕޮއިންޓެވެ.

- ކޮމެންޓް