ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 12:59
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ރާއްޖެއެމްވީ
ބޭންކިންގ ނިޒާމު
ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ބޭންކިންގ ނިޒާމަށްވެސް ބަދަލުތަކެއް އަންނަންޖެހޭ: ނިޒާރު
ބޭންކިންގ ނިޒާމުގައި އެކި ދާއިރާތަކުން މި ގޮންޖެހުންތައް ތަހައްމަލު ކުރަން ޖެހޭކަމަށް ނިޒާރު ވިދާޅުވި
ޓޫރިޒަމްގެ ބޭނުންތަކަށް ރާއްޖޭގެ ބޭންކުތަކުން ފައިނޭންސް ދޫކުރަން ޖެހޭ ކަމަށް ވިދާޅުވި

ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ބޭންކިންގ ނިޒާމަށްވެސް ބަދަލުތަކެއް އަންނަންޖެހޭކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ޓޫރިޒަމްގެ ބޭނުންތަކަށް ރާއްޖޭގެ ބޭންކުތަކުން ފައިނޭންސް ދޫކުރަން ޖެހޭ ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ބޭނުމަށް އިންވެސްޓްކުރަން ބޭންކު މެދުވެރިކޮށް ފައިސާ ހޯދުމުގައި އެތައް ގޮންޖެހުންތައް ހުންނަކަމަށް ނިޒާރު ވިދާޅުވިއެވެ.

އެ ޙާލަތުގައިވެސް އިންޓްރަސްޓް އެތައް ގުނައެއް ބޮޑުކަން ނިޒާރު ފާހަގަ ކުރެއްވިއެވެ.

ބީއެމްއެލްއިން އަމުދުން އެކްސެޕްޓުވެސް ނުކުރާނެ ޕޮރޮޕޯސަލްއެއް، ޓޫރިޒަމްގެ ބޭނުމަށް އިންވެސްޓްކުރަން.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

ނިޒާރު ވިދާޅުވީ، 12% ނުވަތަ 15% އިންޓްރަސްޓާއެކު އެކަން ކުރަން ޖެހޭއިރު، ބޭންކިންގ ނިޒާމުގައި އެކި ދާއިރާތަކުން މި ގޮންޖެހުންތައް ތަހައްމަލު ކުރަން ޖެހޭކަމަށް ނިޒާރު ވިދާޅުވިއެވެ.

ބޭންކުތަކުންވެސް މިކަންކަމާ އިތުރަށް ވިސްނަން ޖެހޭކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، ބޭންކުތަކުން އައްޑޫގެ ބިންތައް އަގުކޮށްފައިވެސް ހުންނަނީ ނުހަނު ކުޑަކޮށް ކަމަށެވެ. އެކަމުގެ ސަބަބުވެސް ކަންކަން ޙާސިލު ކުރުމުގައި ހުރަސްތައް ކުރިމަތިވާކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

ކުރުކޮށް ބުނާނަމަ، ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކޮށް، އަތޮޅު ތެރޭގެ ތަރައްޤީއަށް މަގު ފަހި ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ހޯދައިދޭން ޖެހޭކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

- ކޮމެންޓް