Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 18:38
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަދައްކަވަނީ
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަދައްކަވަނީ
ރައީސް އޮފީސް
ސްކޮލަރޝިޕްތަކަށް ދޫކުރާ ފައިސާ
އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ
ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރަނީ ބޭރު ފައިސާއިން
ސްކޮލަރޝިޕްތައް ދޫކުރުމަށް ޚާއްސަ އިސްކަމެއްދޭ
މިނިސްޓްރީ މެދުވެރިވެގެން ދޭ ސްކޮލަރޝިޕްގެ ތެރޭގައި މައިގަނޑު ގޮތެއްގައި ދެވައްތަރެއްގެ ސްކޮލަރޝިޕް ހިމެނޭ

އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މިނިސްޓްރީ މެދުވެރިވެގެން ދޭ ސްކޮލަރޝިޕްގެ ތެރޭގައި މައިގަނޑު ގޮތެއްގައި ދެވައްތަރެއްގެ ސްކޮލަރޝިޕް ހިމެނޭ ކަމަށެވެ. އެއީ ދިވެހި ސަރުކާރުން ހުރިހާ ހަރަދެއްކޮށްގެންދޭ ސްކޮލަރޝިޕްތަކާއި އެކުވެރި ބައެއް ދައުލަތްތަކުން ދޭ ސްކޮލަރޝިޕްތައް ކަމަށެވެ. ސްކޮލަރޝިޕްތައް ދޫކުރުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށާއި، އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރަނީ ބޭރު ފައިސާއިން ކަމަށެވެ. އެގޮތުން ޔޫއެސް ޑޮލަރުން ނުވަތަ އެ ދަރިވަރަކު ކިޔަވާ ގައުމެއްގެ ފައިސާއިން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސްކޮލަރޝިޕްގެ ފައިސާ ދެ ގޮތަކަށް ދޫކުރަމުން ގެންދާ ކަމަށެވެ. އެއީ ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފައިސާ ޓީޓީ ކޮށްގެން ސީދާ އެކިޔަވަމުން ގެންދާ މަރުކަޒަކަށް ފައިސާ ދިނުމާއި، އަދި ދަރިވަރުންގެ އެހެނިހެން ހަރަދުތަކަށް ދޫކުރާ ފައިސާ ސީދާ ދަރިވަރުން ކިޔަވާ ގައުމެއްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޓްރާންސްފަރކޮށްގެން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓްރީ މެދުވެރިވެގެން ދޭ ސްކޮލަރޝިޕްގެ ތެރޭގައި މައިގަނޑު ގޮތެއްގައި ދެވައްތަރެއްގެ ސްކޮލަރޝިޕް ހިމެނޭ. އެއީ ދިވެހި ސަރުކާރުން ހުރިހާ ދަރިވަރުން ހުރިހާ ހަރަދެއްކޮށްގެންދޭ ސްކޮލަރޝިޕްތަކާ އެކުވެރި ބައެއް ދައުލަތްތަކުން ދޭ ބައިލެޓްރަލް ސްކޮލަރޝިޕްތައް އަދި އޭގެއިތުރުން ބައެއް ޔުނިވަރސިޓީތަކުން ލިބޭ ސްކޮލަރޝިޕްތަކާއި މަލްޓިނޭޝަނަލް އެޖެންސީތަކުން ލިބޭ ސްކޮލަރޝިޕްތައް ވެސް ދަރިވަރުންނަށް ލިބޭނެ މަގު ފަހިކޮށްދެމުން ގެންދެވޭ. ދިވެހި ސަރުކާރުގެ ހަރަދުގައި ދެވޭ އެންމެ ފަހުރުވެރި ސްކޮލަރޝިޕަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް. ހައި އެޗީވާސް ސްކޮލަރޝިޕާއި އެކިއެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ޚާއްސަކޮށް ސަރުކާރުން ދޭ ސްކޮލަރޝިޕްތަކަކީ ވެސް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ހުރިހާ ހަރަދެއް ސަރުކާރުން ދޭ ސްކޮލަރޝިޕް. އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މިހާރު ވަނީ ދޫކުރެވިފައި.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

އެކިއެކި ސްކޮލަރޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވެސް ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް