ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 09:26
17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސި މާޑޭ
17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސި މާޑޭ
ރާއްޖެ އެމްވީ
17 އަހަރުން ދަށުގެ ޤައުމީ ޓީމު
17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ މެނޭޖަރުކަން މާޑޭ އަށް
ދާދި ފަހުން މާޑޭ އިސްނަަގައިގެން ވަނީ މާފަންނުގައި ހުންނަ އެފްއޭއެމްގެ ހައުސް ސާފުކޮށްފަ އެވެ.

ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ، ރާއްޖޭގެ ސަތާރަ އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަން އަޙުމަދު ޝަރީފް (މާޑޭ) އަށް ދީފި އެވެ.

މާޑޭ އަކީ މީގެ ކުރިން ވެލެންސިއާ އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. މިހާރު އޭނާ އަކީ ކުލަބު ވެލެންސިއާގެ ބޯޑު މެމްބަރެކެވެ. ދާދި ފަހުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން، އެފްއޭއެމުން ވަނީ ވެލެންސިއާ ސަސްޕެންޑު ވެސް ކޮށްފަ އެވެ.

ދާދި ފަހުން މާޑޭ އިސްނަަގައިގެން ވަނީ މާފަންނުގައި ހުންނަ އެފްއޭއެމްގެ ހައުސް ސާފުކޮށްފަ އެވެ. އެފްއޭއެމްގެ ކަންކަން ބޮއްސުންލައިގެން ގޮސް، އިދާރީ ގޮތުން ވެސް އެފްއޭއެމް ވަރަށް ބޮޑަށް އަޑި އަޅާލާފައިވީއިރު، އެފްއޭއެމް ހައުސް އޮތީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. އެގޮތުން އެ އިމާރާތުގެ އެތެރޭގައި ކާބޯތަކެތި ހުސްކޮށްފައިވާ ކުނީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ ސާމާނު ހުސްކޮށްފައިވާ ފޮށިތައް ވެސް ހުއްޓެވެ. ޤައުމީ ޓީމުތަކުގެ ޖާޒީތައް ވެސް އެއްވެސް ތަރުތީބެއް ނެތި، އެތަން މިތަނަށް އުކާލާފައި ހުރިއިރު، އެ އިމާރާތުގެ ސީލިންގް ވެސް އޮތީ ބޮލަށް ވެއްޓެންވެފަ އެވެ.

އެ އިމާރާތް އެހެން އޮއްވައި، އެތަން ސާފުކޮށް، ރީތި ކުރީ މާޑޭގެ އިސްނެގުމުގެ މަތިންނެވެ. އެކަމުގެ މައުލޫމާތު އިނގޭ އެފްއޭއެމްގައި މަސައްކަތް ކުރާ މުވައްޒަފަކު މި ނޫހަށް ބުނީ، މާޑޭ އެކަން ކޮށްފައި ވަނީ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. އެކަމުގައި މާޑޭ އާއެކު، ކުރިން ފުޓުބޯޅަ ކުޅެފައިވާ ބައެއް ވެޓަރަންސް ކުޅުންތެރިން ވެސް ބައިވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ސަތާރަ އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކިޓް މެނޭޖަރުގެ ގޮތުގައި ހަމަޖައްސާފައިވާ އައްސަދު މުޙައްމަދު އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން އެފްއޭއެމުން ބުނީ، އައްސަދު އަކީ އެފްއޭއެމްގައި މަސައްކަތް ކުރާ، އެ އިދާރާގެ ފުލްޓައިމް މުވައްޒަފެއް ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށް ބޫޓާންގައި ކުރިއަށްދާ ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗަކީ މުޙައްމަދު އާދަމް އެެވެ. މުޙައްމަދު އާދަމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ އަޙުމަދު ނިމާދު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް