ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 15:56
ބަންގްލަދޭޝްގެ ފެކްޓަރީ އެއްގައި އަންހެނުން މަސައްކަތް ކުރަނީ
ބަންގްލަދޭޝްގެ ފެކްޓަރީ އެއްގައި އަންހެނުން މަސައްކަތް ކުރަނީ
ޝަޓާ ސްޓޮކް
ބަންގްލަދޭޝް-ޗައިނާ ގުޅުން
ބަންގްލަދޭޝް އިން ޗައިނާ އަށް އެތެރެކުރާ ހުރިހާ މުދަލަކުން ޑިއުޓީ ކަނޑާލަން ނިންމައިފި
ޗައިނާއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ނަމަވެސް، ދެ ޤައުމުގެ ވިޔަފާރި ބޮޑަށް ބުރަވެފައިވަނީ ޗައިނާ ކޮޅަށްކަން ފާހަގަ ކުރެވެއެވެ.

ބަންގްލަދޭޝް އިން ޗައިނާ އަށް އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދަލުން ޑިއުޓީ ކަނޑާލަން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ޑާކާ ޓްރިބިއުން އިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގައި ހުންނަވާ ޗައިނާގެ ސަފީރު ޔާއޯ ވެން ވަނީ ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މުޙައްމަދު ޖާޝިމުއްދީން އާ ބައްދަލުކުރައްވާ ޗައިނާގެ މި ނިންމުމުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

"ޗައިނާގެ ސަފީރު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުނު ސައިނޯ-އެފްރިކާ ސަމިޓުގައި ޗައިނާއިން ނިންމާފައިވަނީ ބަންގްލަދޭޝް ހިމެނޭ ގޮތަށް އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމު (އެލްޑީސީ) ތަކުން 100 އިންސައްތަ ޑިއުޓީ މާފުކޮށް ދިނުމަށް ކަމަށް،" ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2022 ގައި ބަންގްލަދޭޝްގެ 98 އިންސައްތަ މުދަލަށް ޑިއުޓީ ފްރީ އެކްސެސް ޗައިނާ އިން ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 383 އައު ބާވަތްތަކުގެ އުފެއްދުންތައް، ޚާއްޞަކޮށް ހަމާއި ހަމުގެ އުފެއްދުންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ނަމަވެސް، ދެ ޤައުމުގެ ވިޔަފާރި ބޮޑަށް ބުރަވެފައިވަނީ ޗައިނާ ކޮޅަށްކަން ފާހަގަ ކުރެވެއެވެ.

2022-23 މާލީ އަހަރުގައި ޗައިނާއިން ބަންގްލަދޭޝްއަށް 18.6 ބިލިއަން ޑޮލަރުގެ އަގުހުރި އުފެއްދުންތައް އެކްސްޕޯޓް ކޮށްފައިވާއިރު، ބަންގްލަދޭޝްއިން ޗައިނާ އަށް ކުރި އެކްސްޕޯޓް މުދަލުގެ އަގަކީ އެންމެ 676 މިލިއަން ޑޮލަރެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު އުފެދުމަށްފަހު، ޗައިނާއަކީ އެންމެ ގިނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ މަސްދަރު ކަމަށާއި، އޭގެ އަދަދު ގާތްގަނޑަކަށް 8 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

- ކޮމެންޓް