Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 00:08
ހިޔާ ފްލެޓްގައި އަންހެނަކަށް އަނިޔާ ކުރި ދެ ފިރިހެނުން
ހިޔާ ފްލެޓްގައި އަންހެނަކަށް އަނިޔާ ކުރި ދެ ފިރިހެނުން
ޕޮލިސް
އެހީއަށް އެދުނު އަންހެނަކު ސަލާމަތް ކުރުން
ހިޔާ ފްލެޓްގައި ސަލާމަތަށް އެދި ގޮވަމުން ދިއަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި
ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތްކޮށްފައިވޭ

ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވިގެން ފުލުހުން އެތަނަށް ވަދެ، އެ އަންހެން މީހާ ސަލާމަތްކޮށް، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

Advertisement

ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން ވަނީ އެ ތަނަށް ގޮސްފައެވެ. ފުލުހުން އެޕާޓްމަންޓްގެ ދޮރު ހުޅުވަން ބުނުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލައްޕާ ތަޅުލާފައިވާ ކަމަށާއި، އެހެންނަމަވެސް، އަނެއްކާވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވާތީ، ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މާލެ، ހ. ލާމިޔާ، އަޙްމަދު އުވައިސް (20 އަހަރު) އަދި މާލެ، މއ. ތްރީ މޫންސް، މުޙައްމަދު މުމީތު (39 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް