ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 20:13
ބޯޓުފަހަރުތަކަށް މުދާ ބަރުކުރަނީ
ބޯޓުފަހަރުތަކަށް މުދާ ބަރުކުރަނީ
ރާއްޖެއެމްވީ
ފިޔާ އަދި ބިސް ލިބުން ދަތިވުން
ބާޒާރުގައި ފިޔާ އަދި ބިސް ލިބުން ދަތިވެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ
ވިޔަފާރިވެރިން މައުލޫމާތުދޭ ގޮތުގައި ހުކުރު ދުވަހު ފިޔާ ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާއަށް ވުރެ ވުރެ މަތީގައެވެ. ހޯލްސޭލްކޮށް ވިޔަފާރިކުރާ މީހުން ބުނެފައިވަނީ ހުކުރު ދުވަހު ފިޔާ ބަސްތާއެއްގެ އަގު 900 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. ފިޔާގެ އިތުރުން އެހެނިހެން ބާވަތްތަކުގެ އަގު ވެސް ވަނީ އުފުލިފައެވެ.

ބާޒާރުގައި ފިޔާ އަދި ބިސް ލިބުން ދަތިވެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ވިޔަފާރިވެރިން މައުލޫމާތުދޭ ގޮތުގައި ހުކުރު ދުވަހު ފިޔާ ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާއަށް ވުރެ ވުރެ މަތީގައެވެ. ހޯލްސޭލްކޮށް ވިޔަފާރިކުރާ މީހުން ބުނެފައިވަނީ ހުކުރު ދުވަހު ފިޔާ ބަސްތާއެއްގެ އަގު 900 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި ފިޔާ ލިބުން ދަތިވެފައިވާތީ މިއަގު އިތުރަށް އަދިވެސް މައްޗަށްދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މީގެ ކުރިން ފިޔާކިލޯއެއް އާއްމުކޮށް ވިއްކާފައިވަނީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

މީގެ އިތުރުން ބިސް ލިބުން ވެސް ވަނީ ދަތިވެފައެވެ. ބިސް ކޭހެއް އަގު 400 ރުފިޔާއާއި 700 ރުފިޔާގެ ދެމެދުގައި ހުރިއިރު، އިތުރަށް މި އަގު މައްޗަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ވިޔަފާރިވެރިން ބުނީ ފިޔާ އަދި ބިހުގެ އިތުރުން އާއްމުކޮށް ބޭނުންކުރާ ތަރުކާރީ މޭވާގެ ބާވަތްތައް ވެސް އަގު ބޮޑު ކަމަށެވެ. އަދި މީގެ ކުރިން ލުނބޯ ކިލޯއެއް 35 ރުފިޔާއަށް ވިއްކި ނަމަވެސް ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 60 ރުފިޔާއަށް ވުރެމަތީގައެވެ.

މިދުވަސްވަރު ހުރިހާ ބާވަތެއްގެ އެއްޗެހި އަގު އުފުލެމުންދަނީ ޑޮލަރުގެ އަގު މަތިވުމުން ކަމަށާއި، ޑޮލަރުގެ ރޭޓް ހުރީ 19.20 ނުވަތަ 20.00 ގައި ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް