Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 17:50
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައު ރަށުގައި އަޅާފައިވާ ގެކޮޅު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައު ރަށުގައި އަޅާފައިވާ ގެކޮޅު
ސޯޝަލް މީޑިއާ
އައު ރަށުގައި ސެކިއުރިޓީ ވަރުގަދަކުރުން
އާރަށުގައި 24 ގަޑީއިރު ސިފައިންގެ ޚާއްސަ ޔުނިޓްތަކުން ޑިއުޓީ ކުރާ ގޮތަށް ހަމަޖައްސަައި، ސެކިއުރިޓީ ވަރުގަދަކޮށްފި
މިފަހުން މެޑަމް ސާޖިދާ އެރަށުގައި އުޅުއްވަނިކޮށް ދޯންޏެއް އެރަށާ ތަންކޮޅެއް ކައިރިން ދަތުރު ކުރި، އެކަމަށް ސިފައިން އެޓެންޑްވެފައިވޭ
އެރަށުގައި ހަރަކާތްތެރިވަމުންދަނީ ސިފައިންގެ ޚާއްސަ ޔުނިޓްތަކުން
އައު ރަށުގެ ސެކިއުރިޓީ ވަރުގަދަ ކުރުމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައި
ޚަބަރުގެ އޯޑިއޯ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗުއްޓީ ހޭދަކުރައްވާ އައުރަށުގައި ސިފައިންގެ ޚާއްސަ ޔުނިޓްތަކުން 24 ގަޑިއިރު ޑިއުޓީ ކުރާ ގޮތަށް ހަމަޖައްސަައި ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ މިފާއިތުވެދިޔަ ދެ ސަރުކާރުގައި އައު ރަށުގައި 24 ގަޑިއިރު ސިފައިން ޑިއުޓީ ނުކުރާ ކަމަށެވެ. ސިފައިން އެރަށުގައި ޑިއުޓީ ކުރާނީ ރައީސް ނުވަތަ ރައީސްގެ އަނބިކަނބަލުން އެރަށް ވަޑައިގަންނަވާއިރު ކަމަށާއި، އެރަށުގައި މެރިންސް ޔުނިޓުގެ ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ. ދެން ތިބޭނީ ބޮޑީގާޑުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހުން ހިނގާދިޔަ ހާދިސާއަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ މިފަހުން ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެރަށުގައި އުޅުއްވަނިކޮށް ދޯންޏެއް އެރަށާ ތަންކޮޅެއް ކައިރިން ދަތުރު ކުރި ކަމަށާއި، އެކަމަށް އޭރު އެތަނުގައި ތިބި މެރިން ސިފައިން އެޓެންޑްވި ކަމަށެވެ. އަދި އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު އައުރަށުގެ ސެކިއުރިޓީ ވަރުގަދަކޮށް 24 ގަޑިއިރު އެރަށުގައި ސިފައިން ފޯރިމެރުމަށް އަންގާފައިވާ ކަމަށެވެ.

Advertisement

މި ބަދަލު މިމަހުގެ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން ގެންނައިރު، އެރަށުގައި ހަރަކާތްތެރިވަމުންދަނީ މެރިންސްގެ އިތުރުން، ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސްއޯޖީ) އާއި ސްޕެޝަލް ފޯސް (އެސްއެފް) ސިފައިން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިދެ ޔުނިޓަކީ ވެސް ޚާއްސަ ހާލަތުގައި ގައުމުގެ ދިފާއުގައި ނުކުންނަ ބަޔެކެވެ. މީގެ އިތުރުން ކޯސްޓްގާޑްގައި ޚާއްސަކޮށް ހަރަކާތްތެރިވާ ސްޕެޝަލް ބޯޓް ސްކޮޑްރަން އިން އާރަށުގެ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާއްމު ގޮތެއްގައި މިފަދަ ގޮތަކަށް ސެކިއުރިޓީ ވަރުގަދަ ކުރަނީ ތްރެޓްތަކާއި ގުޅިގެން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އައު ރަށުގެ ސެކިއުރިޓީ ވަރުގަދަ ކުރުމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާއްމު ގޮތެއްގައި ރައީސް މުއިއްޒު އައު ރަށަށް ހަފްތާއަކު ދެދުވަހު ވަޑައިގަންނަވައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވަރަށް ގިނައިން އެރަށަށް ވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
14 ސެޕްޓެންބަރ 2024 | ހޮނިހިރު 21:58
އަފީފާ
ހާދަ ދެރަ ގޮތަކަށް ތިކަން ތި ދަނީ. އެހާ ގިނައިން މެޱަމް އެރަށުގަ އުޅޭ ނަމަ އެރަށް ފެންނަ ހިސާބަށް ވެސް ކަނޱު މަގުން ދެވޭނެ ގޮތެއް ނެތިގެންތަ ދެން އުޅޭނީ. ސާބަސް ކަމެއް ލިބުނަސް ތިވަރު އަރުވާ ކައް ނުޖެހޭ ނޫންތަ!