ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 06:49
ވެސްޓް ބޭންކުގެ ތުލްކަރަމް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ޢިމާރާތްތަކުގެ ކައިރިން ފަލަސްތީނުގެ ކުޑަކުދިންތަކެއް ހިނގާފައި ދަނީ
ވެސްޓް ބޭންކުގެ ތުލްކަރަމް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ޢިމާރާތްތަކުގެ ކައިރިން ފަލަސްތީނުގެ ކުޑަކުދިންތަކެއް ހިނގާފައި ދަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
ޣައްޒާ އަށް ބޮން ވެހެނީ، އިތުރު 40 މަރު
އދ އިން ހިންގާ ސްކޫލަކަށް ދިން ހަމަލާއާ ގުޅިގެން ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވަނީ ގޮވާލައްވާފަ

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުން ނައްޓައި ހުއްޓުމެއް ނެތި ޣައްޒާ އަށް ބޮން ވެހެމުންދާ ކަމަށާއި ބުރާސްފަތި ދުވަހާއި ހުކުރުވިލޭރޭގެ ހަމަލާތަކުގައި އިތުރު 40 މީހުން ޝަހީދުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން އދ. އިން ހިންގާ ސްކޫލަކަށް ދިން ހަމަލާ ބައިނަލްއަގްވާމީ މުޖްތަމައުން އަންނަނީ ކުށްވެރި ކުރަމުންނެވެ. ބުރާސްފަތި ދުވަހުގެ އެ ހަމަލާގައި މަދުވެގެން 18 މީހުންގެ ފުރާނަ ގެއްލުނު އިރު އޭގެ ތެރޭގައި އދ. ގެ 6 މުވައްޒަފުން ހިމެނެއެވެ.

އަލްޖައުނީ ސްކޫލަށް ދިން ހަމަލާއާ ގުޅިގެން މި "ބިރުވެރި އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭ،" ކަމަށް ވިދާޅުވެ ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރެއިން 25 އިންސައްތަ މީހުންގެ ތެރެއިން މަދުވެގެން 22،500 މީހުންނަށް ވަނީ ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެފައެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި މަދުވެގެން 41،118 ފަލަސްތީން މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު 95،125 މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް