Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 18:05
ގާމަގު ކެފޭގައި ރޯވެފައި، އަލިފާން މިހާރު ކޮންޓްރޯލް ކޮށްފި
ގާމަގު ކެފޭގައި ރޯވެފައި، އަލިފާން މިހާރު ކޮންޓްރޯލް ކޮށްފި
ރާއްޖެއެމްވީ
ގާމަގު ކެފޭގައި ރޯވުން
ގާމަގު ކެފޭގައި ރޯވުން: މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފި
ހޮސްޕިޓަލަށް ގެންދިޔައީ ބިދޭސީ އަންހެނަކާއި ފިރިހެނެއް
ކެފޭގެ އިތުރުން އިތުރު ދެގެއަކަށް އަލިފާނުގެ އަސަރުކުރި

ގާމަގު ކެފޭގައި ރޯވި އަލިފާނުގެ ސަބަބުން މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެއީ ބިދޭސީ އަންހެނަކާއި، ބިދޭސީ ފިރިހެނަކަށް ކަމަށެވެ.

ސޯސަން މަގު ދޫހިމެރި މަގު ގުޅޭ ދިމާލުގައި ހުރި ގާމަގު ކެފޭގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވަނީ މެންދުރު 2:45 ހާއިރުއެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އަދި ފުލުހުން ހަރަކާތްތެރިވެފައިވާއިރު، އަލިފާން ކޮންޓްރޯލް ކޮށްފައިވަނި ފޯމް ޖަހައިގެންނެވެ.

Advertisement

މި ހާދިސާގައި ކެފޭއާއި އިންވެގެން އިން ދެ އިމާރާތަކަށް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. އަދި ޖެހިގެން އިން އިމާރާތުގައި އަލިފާން ރޯވެ އެ އިމާރާތްވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަލިފާން ރޯވި ކެފޭ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ 2 މީހުން ފިޔަވައި އިތުރު މީހަކަށް މި ހާދިސާގެ ސަބަބުން އަނިޔާއެއް ނުވަތަ ހާނިއްކައެއްވިކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.

އަލިފާން ކޮންޓްރޯލް ކުރެވުނީ ރޯވިތާ ގަޑިއިރެއް ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް