ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 08:38
މިސްޓަ މޯލްޑިވްސްގެ މަޤާމު ހޯދާފައިވާ މުޙައްމަދު ޔާމީން (ޔާމްބެ)
މިސްޓަ މޯލްޑިވްސްގެ މަޤާމު ހޯދާފައިވާ މުޙައްމަދު ޔާމީން (ޔާމްބެ)
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މުޙައްމަދު ޔާމީން (ޔާމްބެ)
ޔާމްބެ އަށް އެހީވުމަށް ކުރިއަށް ގެންދިޔަ ލައިވް އަކުން ދެ ލައްކަ ރުފިޔާ
ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދެމިގެން ދިޔަ އެ ޓިކް ޓޮކް ލައިވް ނިންމާލިއިރު، އެހީގެ ގޮތުގައި ޔާމްބެ އަށް ވަނީ 207،674 (ދެ ލައްކަ ހަތް ހާސް، ހަ ސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ) ލިބިފަ އެވެ.

ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދުމަށް ތައްޔާރުވަމުން އަންނަ، ރާއްޖޭގެ މަޝްހޫރު ބޯޑީބިލްޑަރު މުޙައްމަދު ޔާމީން (ޔާމްބެ) އަށް އެހީވުމަށް ކުރިއަށް ގެންދިޔަ ލައިވް އަކުން 200،000 (ދެ ލައްކަ) ރުފިޔާ ހޯދައިފި އެވެ.

ޔާމްބެ އަށް އެހީވުމުގެ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކް ޓޮކުގައި ހޮނިހިރު ދުވަހުގެ ރޭ ވަނީ ލައިވްއެއް ކުރިއަށް ގެންގޮސްފަ އެވެ. މިސްޓަ މޯލްޑިވްސްގެ މަޤާމު ހޯދާފައިވާ ޔާމްބެ އަށް އެހީވުމުގެ ގޮތުން އެ ލައިވް ކުރިއަށް ގެންދިޔައީ ޓިކް ޓޮކުގައި ޙަރަކާތްތެރި ވަމުން އަންނަ ބައެއް ފަރާތްތަކުގެ އިސްނެގުމާ އެކު އެވެ.

ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދެމިގެން ދިޔަ އެ ޓިކް ޓޮކް ލައިވް ނިންމާލިއިރު، އެހީގެ ގޮތުގައި ޔާމްބެ އަށް ވަނީ 207،674 (ދެ ލައްކަ ހަތް ހާސް، ހަ ސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ) ލިބިފަ އެވެ. އެ ލައިވްގައި ޔާމްބެކެ ބޭންކު އެކަައުންޓު ހިއްސާކޮށްގެން ކުރިއަށް ގެންދިޔައިރު، އެހީ ޖަމާވެފައި ވަނީ ވެސް ޔާމްބެގެ އެކައުންޓަށެވެ.

ޔާމްބެ ދެ ކިޑްނީ ފެއިލްވެ ފައުވާ ހޯދަން ޖެހިފައިވާކަން އެނގުނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ހަތަރު ފަހަރެއްގެ މަތިން މިސްޓަ މޯލްޑިވްސްގެ މަޤާމު ހޯދާފައިވާ ޔާމްބެ އަށް ޑޮކްޓަރު ލަފާ ދީފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓު ހެދުމަށެވެ. ޔާމްބެ އަށް އެހީވުމުގެ ގޮތުން، ޔާމްބެ ނިސްބަތްވާ ށ.ފުނަދޫގެ ރައްޔިތުން ވެސް ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ޔާމްބެ ވަނީ 2017، 2021، 2022 އަދި 2023 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދައިފަ އެވެ. ރާއްޖޭގެ އިތުރުން، ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ޔާމްބެ ވަނީ ރާއްޖެ އަށް ރީތި ވަނަތަކެއް ހޯދައިދީފަ އެވެ. އެގޮތުން އޭޝިއަން ބޮޑީބިލްޑިން އެެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ޔާމްބެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން 2022 ވަނަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ސުޕަ 99 ކިލޯ ކެޓަގަރީގެ ފައިނަލްގައި ވާދަކޮށް ލޯ މެޑަލް ހޯދި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް