ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 19:22
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އިސްތިއުފާ ދެއްވި އައިޝަތު ރިޒުނާ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އިސްތިއުފާ ދެއްވި އައިޝަތު ރިޒުނާ
ޖޭއެސްސީ
ރިޒުނާ މަގާމުން އިސްތިއުފާ ދެއްވުން
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން ރިޒުނާ އިސްތިއުފާ ދެއްވައިފި
ރިޒުނާ އިސްތިއުފާ ދެއްވާފައި ޖޭއެސްސީން އޭނާގެ މައްސަލައެއް ބަލަމުންދަނިކޮށް
އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސަައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ސިޓީގައި ފާހަގަކޮށްފައިވޭ
ރިޒުނާ މަގާމަށް އައްޔަން ކުރީ 27 ސެޕްޓެމްބަރު 2020 ގައި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އައިޝަތު ރިޒުނާ އިސްތިއުފާ ދެއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމުން ރިޒުނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައެވެ. އޭނާ މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ސިޓީ ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ބައެއް މީޑީއާތަކަށް ރިޒުނާ ފޮނުއްވި އިސްތިއުފާގެ ސިޓީގެ ކޮޕީ ލިބިފައިވާއިރު، އެސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަން ތަންޒީމުކޮށްފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސަައްކަތް ކުރެވޭނެ މާހައުލެއް ނެތުމުންނެވެ.

ރިޒުނާ އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއާ ގުޅޭ ޝަކުވާތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލިބި، އެ މައްސަލަ ބަލަމުން ދަނިކޮށްށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒުނާ އައްޔަން ކުރީ 27 ސެޕްޓެމްބަރު 2020 ގައެވެ. މީގެކުރިން އޭނާ ވަނީ ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރައްވާފައެވެ.

- ކޮމެންޓް