ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 23:55
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
އެޑްމިން
އަބްދުﷲ ރިޔާޒު
ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޤަބޫލެއް ނުކުރަން: ރިޔާޒް
މިމަސައްކަތް ހުއްޓާލާނީ ކާމިޔާބުކޮށްފައި
ރައީސް ޔާމީނަށް ލިބިފައިވަނީ ރައްޔިތުންގެ ނަފްރަތު

ރައީސް ޔާމިންއަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ރީތި މަންޒަރެއް ނުފެންނަ ކަމަށާއި އެހެންކަމުން 2018 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޤަބޫލު ނުކުރެއްވޭ  ކަމަށް ރައްޔިތުންގެ މަޖިލީހުގެ  ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ  ކެނޑިޑޭޓަކީ ރައްޔިތުންގެ ރުހުމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމިންއަށް ލިބިވަޑައިގެންފައި ވަނީ ރައްޔިތުންގެ ނަފްރަތު ކަމަށެވެ.

 

ރައްޔިތުންގެ ލޯބި އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ  އެންމެ ބޮޑު އެއް ސަބަބަކީ އިޙްލާސްތެރިކަމެއް ނެތުން ކަމަށާއި އެންމެ ކައިރީގައި  ތިބި  މީހުންނަށް ވެސް "ލަގާއެއް " ދެއްވަފާނެ ކަމަށް އެމީހުން ވެސް ޤަބޫލު ކުރާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

އެންމެ ގިނަ މެމްބަރުން ޕްރޮސެކިއުޓް ކުރައްވާ ރައީސްގެ ގޮތުގައި އެމަނިކުފާނަށް ކޮންމެވެސް މުއައްސަސާއަކުން އެވޯޑެއް ލިބިވަޑައިގަންނަވާނެ ކަމާއި މެދު ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.  އަދި ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު  ޤާސިމް އިބްރާހިމް އަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވިއެވެ. 

 

 ޤާނޫނު އަސާސީގައި މައްސަލައެއް އުޅެނީ ބާއޭ  ސުވާލު ކުރައްވައި ކުރީގެ ޕޮލިސް ކޮމިޝަނަރުގެ މަޤާމު ވެސް އަދާކުރެއްވި ރިޔާޒް ވިދާޅުވީ  ވެރިކަމަށް ވަޑައިގަންނަވާ  ރައީސުންނަށް ފުލުހުންގެ  މުއައްސަސާ މިނިވަން ކަމާއި އެކު ބޭއްވުމަށް ފަހު، ވެރިކަން ކުރައްވަން އުނދަގޫފުޅު ވަނީ ބާއޭ ހިތަށް އަރާވަޑައިގަންނަވާ  ކަމަށެވެ.

 

އަދި ރައީސް ވިދާޅުވާ ހަމަ ކޮންމެ މައްސަލައެއް ފުލުހުން ބަލަން ޖެހޭނެ ބާއޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށާއި ފުލުހުން ތަހްޤީޤް ކޮށް ފޮނުވާ ކޮންމެ މައްސަލަ އެއްވެސް ދައުވާ ކުރަން ޕީޖީ ޖެހިވަޑައިގަންނަވާ ބާއޭ ހިތަށް އަރާވަޑައިގެންފި ކަމަށް ވިދާޅުވިއެވެ.

 

 

މިސަރުކާރުގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ކޮރަޕްޝަން ކަމަށާއި މިހާރު ފެންނަމުންދާ މަންޒަރުތަކުން އެންމެ ބޮޑު ކޮރަޕްޝަން ހިނގަމުންދާ ކަމުގެ  ވާހަކަ އަޑު އިވެނީ އެމްއާރްޑީސީން ކަމަށްވާ އިރު އޭސީސީން މިކަން ބެލުމަށް ރިޔާޒް ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 އޯގަސްޓް 2017 | އަންގާރަ 07:56
ރިޔައްޓެ
ބަރާބަރު ވާހަކައެއްތީ. ޖަލުގަ ހުންނަވާނީީ. މިސިފައިން ގޮޅި ގާޑުކުރާނީ އެންމެ ނުރައްކާތެރި ކުއްވެރިޔާ ގޮތައް ވަރަށް ޓައިޓްކޮށް ގެންދާނީ. ތެޔޮފުނަދޫގަ އެކަމަށް ހާއްސަ ގޮޅިއެއް ހަދާނީވެސް ތެޔޮތާނގީތައް ފެންނަ ހިސާބުގަ ތެޔޮވަސް ނޭފަތަށް ފޯރާފަށުގަ