Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 11:59
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
އެޓޮމިކް އެނަރޖީ އޭޖެންސީ
ނިއުކްލިއަރ ހަކަތައިގެ ކަންކަން ބަލަހައްޓާ އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ރައީސް ނިންމަވައިފި
އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު
މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމެއް
މިފަދަ ދަނޑިވަޅެއްގައި (އައި.އޭ.އީ.އޭ) ގައި ބައިވެރިވުމުގެ ޒަރޫރަތަކީ ކޮބައިކަން ސާފުކޮށްދެވިފައެއް ނުވޭ
ޚަބަރުގެ އޯޑިއޯ

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

މިގޮތަށް ނިންމެވީ މި މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދިއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްވެސް ކުރިއަށް ދިޔައެވެ.

އެހެންނަމަވެސް މިފަދަ ދަނޑިވަޅެއްގައި (އައި.އޭ.އީ.އޭ) ގައި ބައިވެރިވުމުގެ ޒަރޫރަތަކީ ކޮބައިކަން ސާފުކޮށްދެވިފައެއް ނުވެއެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީއަކީ 1957 ވަނަ އަހަރު ޤާއިމު ކުރެވުނު ބައިނަލްއަޤުވާމީ އޮގަނައިޒޭޝަނެކެވެ. މިއީ ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ކަންކަން ރެގިއުލޭޓްކޮށް، މިންގަނޑުތަކާ އެއްގޮތަށް ނިއުކްލިއަރ ހަކަތަ އުފައްދާކަން ކަށަވަރު ކުރުމާއި، އަސްކަރީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ ބޭނުން ނުކުރާކަން ކަށަވަރު ކުރުން ފަދަ ކަންކަމަށް އެކުލަވާލާފައިވާ ތަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް