ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 18:31
މޭޑް އިން މޯރޑިސްއާއި އެކު ރާއްޖެޓީވީން ސޮއިކުރުން
މޭޑް އިން މޯރޑިސްއާއި އެކު ރާއްޖެޓީވީން ސޮއިކުރުން
ރާއްޖެއެމްވީ
"މޭޑް އިން މޯރޑިސް" ޝޯވް
"މޭޑް އިން މޯރޑިސް"ގެ ޝޯވްތައް ރާއްޖެޓީވީން ދައްކަން ނިންމައިފި
މިއީ 22 މިނިޓްގެ އެޕިސޯޑްތަކެއް
އަންނަ ސެޕްޓެމްބަރ މަހުން ފެށިގެން ޝޯވް ދައްކަން ފަށާނެ

މަޤްބޫލު ޓީވީ ސީރީސް "މާކަނާ ޝޯވް" އުފައްދާ ފަރާތުން "މޭޑް އިން މޯރޑިސް" ގެ ނަމުގައި މުޅިން އައު ޝޯވްތައް ރާއްޖެޓީވީން ދައްކަން ނިންމައިފި އެވެ.

 

އަންނަ ސެޕްޓެމްބަރ މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ޝޯވް ދައްކާ ގޮތަށް ރާއްޖެޓީވީ އާއި އެކު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

 

މި އެއްބަސްވުމުގައި މޭޑް އިން މޯރޑިސްގެ ފަރާތުން ސޮއިކުރެއްވީ ޔާމިން ރަޝީދު އެވެ. އަދި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ކޯޕަރޭޓް އެފެއަރޒް އައިމިނަތު ރީޝާއެވެ.

 

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޔާމިން ރަޝީދު ވިދާޅުވީ ރާއްޖެޓީވީ އާއި އެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމުން މިއީ މި ޝޯވްއަށް ލިބިގެންދިޔަ ކުރި އެރުމެއް ކަމަށާއި އަލަށް ގެންނަ "މޭޑް އިން މޯރޑިސް"ގެ ޝޯވްތައް ތަފާތުވާނެ ކަމަށެވެ.

 

އެގޮތުން ރާއްޖެޓީވީއާއި ގުޅިގެން ކުރިއަށްގެންދާ މިޝޯވްތައް މައިގަނޑު ގޮތެއްގައި ރާވާލާފައިވަނީ އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް ކަމަށާއި ކެރެކްޓާރސްވެސް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

މިޝޯވްތަކުން ފެނިގެންދާނީ ހިއުމަން ކެރެކްޓާސްތަކެވެ.

 

ރާއްޖެޓީވީގެ ހެޑް އޮފް ކޯޕަރޭޓް އެފެއަރޒް އައިމިނަތު ރީޝާ ވިދާޅުވީ މިހާރުވެސް ރާއްޖެޓީވީން ގެނެސްދޭ "މާކަނާ ޝޯވް"އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ޝޯވް އެއް ކަމަށާއި އެ ޝޯވް އުފައްދާ ފަރާތުން އަނެއްކާ އިތުރު ސީރީސްއެއް އެއް އަހަރު ދުވަހަށް ރާއްޖެޓީވީއާއި އެކު ކުރިއަށްގެންދަން ނިންމި ނިންމުމަކީ ރާއްޖެޓީވީގެ ކޮންޓެންޓަށް ލިބިގެންދާނެ އިތުރު މުއްސަންދި ކަމެއް ކަމަށެވެ.

 

އެހެންކަމުން ކޮންމެ ހަފްތާއަކުވެސް 22 މިނިޓްގެ "މޭޑް އިން މޯރޑިސް"ގެ އައު އެޕިސީޑެއް ފެނިގެންދާނެ ކަމަށް ރީޝާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް