އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް (އައިއޯޑީ މޯލްޑިވްސް) އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް ކޮންފަރެންސް 29 އޮގަސްޓް 2024 ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.
މި ޚާއްސަ އިވެންޓަކީ ދިވެހިރާއްޖެ އާއި ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދު ގައި ކޯޕަރޭޓް ގަވަރނަންސް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ މުހިންމު އިވެންޓެކެވެ.
މި ކޮންފަރެންސްގައި މަތީ ފެންވަރުގެ ގަވަރނަންސްއަށް ތަމްރީނު ދިނުމުގެ އިތުރުން ޕާޓްނަޝިޕްތަކަށް މަގުފަހިކޮށް ދިނުމާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގައި ދެމެހެއްޓެނިވި ވިޔަފާރި ކުރިއެރުވުމަށް މަގުފަހިކޮއްދޭ ގޮތްތައް ހުށަހެޅިގެން ދާނެއެވެ. އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް ޚިދުމަތް ކުރަމުންދާނީ ގަވަރނަންސް ކުރިއެރުވުމަށާއި ހެއު ބަދަލު ގެނައުމުގެ ބާރެއްގެ ގޮތުގައެވެ.
އައިއޯޑީ މޯލްޑިވްސް ގެ މިޝަންއަކީ ގަވަރނަންސް އެކްސެލެންސް ގާއިމް ކުރުމަށްޓަކައި ޑިރެކްޓަރުންނަށް ކޮންމެހެން ބޭނުންވާ ހުނަރާއި ވިސްނުން ބައްޓަން ކުރާނޭގޮތުގެ ތަމްރީން ފޯރުކޮށްދީ ބޯޑުތަކުގެ ފެންވަރު ކުރިއެރުވުމެވެ. އައ.ިއޯ.ޑީ މޯލްޑިވްސް ގެ ތަޞައްވުރަކީ ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ދިވެހިރާއްޖެ ޕްރިމިއަރ ހަބެއްގެ ގޮތުގައި ޤާއިމުވެ ގެންދިޔުމެވެ. އަދި އެއާއި ގުޅިގެން އެންމެ ރަނގަޅު އުސޫލުތައް ކުރިއެރުވުމާއި، އާ ޕްރޮގްރާމްތައް އުފައްދާ ފޯރުކޮށްދިނުމާއި، ޒަމާނީ ވިޔަފާރިއާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލުމަށް ޓަކާ ބޭނުންވާނޭ ސްޓްރެޓެޖިކް އިންސައިޓްތައް ހޯދައިގަތުމުން ޤާބިލްކަންހުރި ލޯކަލް ޑިރެކްޓަރުންނާއި ދުނިޔޭގެ ތަޖުރިބާކާރުންނާ ގުޅިގެނެ މަސައްކަތްކުރުމެވެ.