Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 11:11
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
މާލީ ހާލަތު
މާލީ ހާމަކަން ދަށްވެ ރާއްޖެ ބޮޑު ސިއްރު ދައުލަތަކަށް ބަދަލުވަމުންދާތީ ކަންބޮޑުވޭ - އަމީރު
ނިމިިދިޔަ ސަރުކާރުން ދަރަނި ނަގައިގެން ވެސް މަސައްކަތް ކުރި ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރަން ކަމަށް އަމީރު ވިދާޅުވި
ފިސްކަލް ރިފޯމްތައް އަޅަން އެމްޑީޕީ ސަރުކާރުން ވަނީ ފަށާފައި ކަަމަށް އަމީރު ވަނީ ވިދާޅުވެފަ
ޚަބަރުގެ އޯޑިއޯ

މާލީ ހާމަކަން ދަށްވެ ރާއްޖެ ބޮޑު ސިއްރު ދައުލަތަކަށް ބަދަލުވަމުން ދިއުމަކިީ އެއީވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ސަރުކާރުގެ ނާޤާބިލްކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ފެއިލްވަމުންދާ މަންޒަރު ފެނިގެންދާ ކަމަށް އަމީރު ވިދާޅުވިއެވެ. ރާއްޖޭގެ ރަސްމީ ރިޒަރވްގެ ހާލަތާއި ދަރަނީގެ ހާލަތު ދަށް ނުވާ މިންވަރަށް ދަށްވެފައިވާ ކަމަށް ފާހަގަކުރައްވާ އަމީރު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަމީރު ވިދާޅުވީ ސަރުކާރުން މާލީ ދާއިރާ ހިންގުން ކަސިޔާރުވުމުން މާލީ ސިޔާސަތު އަތުން ބީވެގެންދާ މަންޒަރު ފެނިގެންދާ ކަަމަށެވެ.

ނިމިދިޔަ 5 އަހަރު ތެރޭގައި ރާއްޖޭގެ ތާރީހުގައި ވެސް ދިމާ ނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކާއި މާލީ ގޮތުންނާއި އިޤްތިސާދީ ގޮތުން ދިމާވި ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ރަޝިއާ ހަނގުރާމަ އާއި ކޮވިޑް-19އިގެ ސަަބަބުން ދިމާވި ގޮންޖެހުންތައް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭރު ދިމާވި ހާލަތުން އަރައިގަންނަން ކުރަން ޖެހޭ ހުރިހާ ކަމެއް އޭރުގެ ސަރުކާރުން ވަނީ ކޮށްފައި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވެރިކަން ނިންމާލުމަށް ފަހު ވެރިކަން ހަވާލުކުރީ ވެރިކަމަށް އައި އިރު އޮތް އިޤްތިޞާދަށް ވުރެ ބޮޑު އިޤްތިޞާދަކަށް ރާއްޖޭގެ އިޤްތިޞާދު ހެދުމަށް ފަހުގައި ކަމަށެވެ. އިތުރަށް ދަރަނި ނަގައިގެން ވެސް މަސައްކަތް ކުރި ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރަން ކަމަށާއި އޭގެ ނަތީޖާ އެއްގެ ގޮތުން އިޤްތިޞާދު ކުރިއަސާފައިވާ ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement

ފިސްކަލް ރިފޯމްތައް އަޅަން އެމްޑީޕީ ސަރުކާރުން ވަނީ ފަށާފައި ކަަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރުން އަމާޒު ހިފީ ގައުމީ އުފެެއްދުންތެރިކަން 6% އިތުރުކުރަން ކަމަށާއި، އާމްދަނީ އިތުރުކުރުމަށް ވެސް އޭރު ނިންމާފައިވާ ކަަމަށް އަމީރު ވިދާޅުވިއެވެ. އަދި ޚަރަދުން 3 ބިލިއަން ރުފިޔާ ކުޑަކުރަން ނިމިދިޔަ ސަރުކާރުން މަސައްކަތް ކުރި ކަމަށާއި މި ސަރުކާރުން އެކަމުގެ ކްރެޑިޓް ނެގުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19 އާއި އެކު ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރި ކަމަށާއި ބަޖެޓްވެސް ކުޑަކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފިސްކަލް ރިފޯމް ޕްލޭނާއި އެއްގޮތަށް އާސަންދަ ރިފޯމްކޮށް، އާ ސަބްސިޑީގެ ނިޒާމެއް ގެނައުމަށާއި، ސަރުކާރުގެ ކުންފުނިތައް އިސްލާހުުރުން ފަދަ ކަންކަން ކުރުމަށް ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުންވެސް އެ ސިޔާސަތުތައް ދަމަހައްޓަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ. މިދިޔަ 9 މަސް ދުވަހު ސަރުކާރުން ކުރިހާ ވެސް ކަމަކީ އެމްޑީޕީން ހަދާފައިވާ މާލީ ދިރާސާތައް ރަނގަޅުތޯ ނުވަތަ ނޫންތޯ ބެލުން ކަމަށް އަމީރު ވިދާޅުވިއެވެ. މި ސަރުކާރުގެ ކަމަކީ ބަހަނާ ދެއްކުން ކަމަށާއި ހަރުދަނާ އެއްވެސް މަސައްކަތެއް ކުރެވެނުން ނުދާ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން 9 މަސް ދުވަސް ވަންދެން ސަރުކާރުން ކުރި ދިރާސާ އިން ހާސިލްވި ކަމެއް ނުފެންނަ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ އިތުރުވާ ކޮންމެ ދުވަހަކީ މާލީ ގޮތުން ރާއްޖެ އަށް ބުރަ އަކަށް ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް