ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 12:09
އުތުރުގެ ރަށެއްގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ
އުތުރުގެ ރަށެއްގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ
އެންޑީއެމްއޭ
އުތުރަށް ކުރި ވިއްސާރަ
އުތުރަށް ކުރި ވިއްސާރައިގައި 69 ގެއަކަށް ފެންވަދެ ގެއްލުން ލިބިއްޖެ
ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލުކުރެވުނު
ހއ. ހޯރަފުށީގެ 2 ގެއަކަށް, ހދ. ކުޅުދުއްފުށީގެ 57 ގެއަކަށް, ށ. ފީވަކުގެ 5 ގެއަކަށް އަދި ށ. ނޫމަރާގެ 5 ގެއަކަށް ފެން ވަދެފައިވޭ
ޚަބަރުގެ އޯޑިއޯ

އަންގާރަ ދުވަހުގެ ރޭ އުތުރަށް ކުރި ވިއްސާރައިގައި 69 ގެއަކަށް ފެންވަދެ 3 ގެއަކުން މީހުން ބަދަލުކޮށްފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ އުތުރުގެ އަތޮޅުތަކަށް އަންގާރަ ދުވަހުގެރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް, ހދ. ކުޅުދުއްފުށީގެ 57 ގެއަކަށް, ށ. ފީވަކުގެ 5 ގެއަކަށް އަދި ށ. ނޫމަރާގެ 5 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލުކުކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އަންގާރަ ދުވަހުގެ ހަވީރު 6:00ން ފެށިގެން ރޭގަނޑު 11:00ށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ފުރަތަމަ ވައިޓް އެލަރޓް ނެރުމަށްފަހު 8:15ން ފެށިގެން ދަންވަރު 1:00ށް އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރުނެވެ. އަދި އޭގެ ފަހުން 8:30ން ފެށިގެން 10:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖެ އެލަރޓް ނެރުނެވެ. މި އެލަރޓުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ދަންވަރު 1:00 ފެށިގެން ބުދަ ދުވަހުގެ ހެނދުނު 7:00 އާއި ހަމައަށް އުތުރުގެ އަތޮޅުތަކަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނާގޮތުގައި ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ނިމުތު ކުރެވެއެވެ. ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންނެވެ. ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައިވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެއެވެ.

- ކޮމެންޓް