ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 16:48
ތައިލޭންޑްގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަނީ
ތައިލޭންޑްގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަނީ
އޭޕީ
ތައިލޭންޑްގެ ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުން
ޕައެޓޮންޓާން ޝިނަވާޓް ތައިލެންޑްގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި
އުމުރުން 37 އަހަރުގެ ޕައެޓޮންޓާން މަޤާމުގެ ހުވާ ކުރެއްވީ އާދިއްތަ ދުވަހު ބެންކޮކްގައި ހުންނަ ޕުއަ ތައި ޕާޓީގެ މައި މަރުކަޒުގައެވެ.

ކުރީގެ ބޮޑުވަޒީރު، ބިލިއަނަރ ތަކްސިން ޝިނަވާޓް ގެ އެންމެ ހަގު ދަރިކަނބަލުން, ޕައެޓޮންޓާން ޝިނަވާޓް ތައިލޭންޑްގެ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވައިފިއެވެ.

ޕައެޓޮންޓާން ޝިނަވާޓް އައު ބޮޑުވަޒީރުގެ ގޮތުގައި ހަމަޖެއްސުމަށް އެ ޤައުމުގެ ރަސްގެފާނު ރުހުން ދެއްވާފައިވަނީ ގާނޫނު ހަދާ މަޖިލީހުން އޭނާ އިންތިޚާބުކުރިތާ ދެ ދުވަސް ފަހުންނެވެ.

އުމުރުން 37 އަހަރުގެ ޕައެޓޮންޓާން މަޤާމުގެ ހުވާ ކުރެއްވީ އާދިއްތަ ދުވަހު ބެންކޮކްގައި ހުންނަ ޕުއަ ތައި ޕާޓީގެ މައި މަރުކަޒުގައެވެ.

މަޤާމުގެ ހުވާ ކުރެއްވުމަށްފަހު އޭނާ ވަނީ ރަސްގެފާނަށާއި، ތައިލޭންޑްގެ ރައްޔިތުންނަށާއި އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަޤާމުގެ މަސްއޫލިއްޔަތު ވިސްނުންތެރިކަމާއެކު ކުރައްވާނެ ކަމަށާއި ތައިލޭންޑްގެ ރައްޔިތުންނަކީ އަމިއްލަ ހުވަފެން ދެކެވޭ، އުފެއްދުންތެރި އަދި އެމީހުންގެ އަމިއްލަ މުސްތަޤްބަލު ކަނޑައެޅޭނެ ބަޔަކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ގެ މަގާމު ހުސްވީ އެ ގައުމުގެ އެންމެ މަތީ ކޯޓުން ބޮޑު ވަޒީރު ކަމުގައި ހުންނެވި ސެތާ ތަވިސިންގެ މަގާމު ގެއްލުވާލުމާ ގުޅިގެންނެވެ.

ކޯޓުން ތަވިސިން އަށް މަގާމު ގެއްލިއްޖެ ކަމަށް ހުކުމް ކުރީ 2008 ވަނަ އަހަރު ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ގާނޫނީ ވަކީލަކު އޭނާގެ ކެބިނެޓްގެ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރުމުން ބޮޑު ވަޒީރުގެ ކިބައިގައި ހުންނަން ޖެހޭ އަޚްލާގީ އަދި ސުލޫކީ މިންގަނޑު ފަހަނަ އަޅާ ހިނގައްޖެ ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް