އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕް ތުލުސްދޫގައި ފަށައިފި އެވެ. މުބާރާތް ފައްޓަވައިދެއްވީ ކުޅިވަރާބެހޭ ވަޒީރު ޑރ.އަބްދުالله ރާފިއު އެވެ. މޫސުން ގޯސްވުމުން ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ތުލުސްދޫ ސްކޫލް ހޯލްގައެވެ.
މިފަހަރުގެ މުބާރާތުގައި 20 ގައުމަކުން އެތްލީޓުން ވާދަކުރެއެވެ. އޮފިޝަލުންނާއި އެތްލީޓުން ހިމެނޭ ގޮތަށް 200 އެއްހާ މީހުން މުބާރާތުގެ ތެރޭގައި ބައިވެރިވާނެއެވެ. މުބާރާތުގައި ރާއްޖެއިން ދެ ޓީމް ވާދަކުރެއެވެ. އެއީ އޭ ޓީމާއި ބީ ޓީމެވެ. މިފަހަރުގެ މުބާރާތް ޚާއްޞަވަނީ 2026 ވަނަ އަހަރު އޮންނަ އޭޝިޔަން ގޭމްސްގައި ސާފިންގ ހިމަނާ ގޭމްސްގެ ކޮލިފިކޭޝަން އިވެންޓެއްގެ ގޮތުގައި މުބާރާތް ހަމަޖައްސާފައިވާތީއެވެ. ރާއްޖޭގެ އޭޓީމަށް ކޮލިފައިންގ ފުރުޞަތު އޮންނާނެއެވެ. އެކަމަކު ބީ ޓީމަށް އެފުރުޞަތެއް ނޯންނާނެއެވެ
ރާއްޖޭގެ ޓީމްގެ މިފަހަރުގެ ކެޕްޓަނަކީ ސާފިންގައި ރާއްޖޭގެ ޗެމްޕިއަން ހުސައިން އަރީފް (އިބޫ) އެވެ. މިއީ ގައުމީ ކޯޗުގެ ގޮތުގައި އޭނާ ނިކުންނަ ފުރަތަމަ މުބާރާތެވެ. އިބޫ ބުނީ މިއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި, މުބާރާތަށް ތައްޔާރުވެފަ އޮތް ޓީމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
އިންޝާالله މިމުބާރާތުގައި މިބަލަނީ ދެންހަމަ ވަރަށް ރަނގަޅު ހިސާބަކަށް, ޕޯޑިއަމް ފިނިޝްއަކަށް އުއްމީދު ކުރަނީ. އަނެއްކާ 2026 ވަނަ އަހަރު އޮންނަ އޭޝިޔަން ގޭމްސްގެ ކޮލިފިކޭޝަން ސްލޮޓްސްއާ އެއްކޮށް.ހުސައިން އަރީފް/ ޓީމްގެ ކެޕްޓަން![]()
މުބާރާތުގައި ވާދަކުރާ ޖޫނިއަރ ކުދިންގެ ލެވެލްވެސް މިދިޔަ އަހަރާ ބަލާއިރު ރަނގަޅުކަން އިބޫ ފާހަގަކުރިއެވެ. ޖޫނިއަރ ކެޓަގަރީންވެސް ރަނގަޅު ފައިޓެއް ދޭނެކަމަށް އިބޫ އުއްމީދު ކުރެއެވެ. މިދިޔަ އަހަރު ތުލުސްދޫގައި އޮތް މުބާރާތުގެ އަންހެން ކެޓަގަރީގައި ރާއްޖެއިން ވާދަކުރީ އެއް އެތްލީޓެވެ. މިފަހަރު ދެ އެތްލީޓުން ވާދަކުރެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/a1e09388-b572-459b-a393-f9af05d9571c.png)
ރާއްޖޭގެ ޓީމްގެ ކެޕްޓަނަކީ ތުލުސްދުއަށް އުފަން އަހުމަދު އާގިލް (އައްމަޑޭ) އެވެ. އޭނާ ބުނީ ގައުމީ ޓީމްގެ ކެޕްޓަނަށް ވެވުނީތީ ވަރަށްބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. މިކަހަލަ ގިނަ މުބާރާތްތައް ބޭއްވޭނަމަ ގިނަ ޒުވާން ކުދިން ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
އަބަދުވެސް އުއްމީދުކުރާކަމެއް މިއީ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓްނަކަށްހުރެ މިވަރު ބޮޑު އިވެންޓެއްގައި ލީޑްކޮށްލަން ލިބުމަކީ. އެހެންވީމަ އަސްލު ވަރަށް އުފާވެފަ މިހުންނަނީ.އަހުމަދު އާގިލް / ރާއްޖޭގެ ސާފިންގ ޓީމް ކެޕްޓަން![]()
ރަށުގައި މުބާރާތް ބޭއްވުމަކީ އައްމަޑޭއަށް ލިބޭ އިތުރު ހިތްހަމަ ޖެހުމެވެ. ޓީމް ލީޑްކޮށް, އެހެން އެތްލީޓުންނަށް ކިޔައިދީގެން ރަނގަޅު ނަތީޖާއަކަށް އައްމަޑޭ ހުރީ އުއްމީދު ކޮށްގެންނެވެ. މުބާރާތް އޮންނާނީ މިމަހުގެ 24 ގެ ނިޔަލަށެވެ.