ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 23:32
ރާއްޖޭގެ މަތީގައި އުފެދިފައިވާ ވިއްސާރަ ވިލާ ދައްކުވައިދޭ ސެޓެލައިޓް ފޮޓޯއެއްގެ ސްކްރީން އިމޭޖެއް
ރާއްޖޭގެ މަތީގައި އުފެދިފައިވާ ވިއްސާރަ ވިލާ ދައްކުވައިދޭ ސެޓެލައިޓް ފޮޓޯއެއްގެ ސްކްރީން އިމޭޖެއް
ޒޫމް.އާރތް
މޫސުން ގޯސްވުން
މޫސުން ރަނގަޅެއް ނުވޭ، ހއ. އިން ތ. އަށް ޔެލޯ އެލަރޓް
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއެސް އިން ބުނޭ

ހޮނިހިރު ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އިން ބުނެފިއެވެ.

ސެޓެލައިޓް ފޮޓޯ އިން ފެންނަ ގޮތުގައި ރާއްޖޭގެ މައްޗަށް ބޯކޮށް ވިއްސާރާ ވިލާ އަރާފައިވެއެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް އުޑުމަތި ބަނަވާނެ ކަމަށްވެސް ވަނީ ފޯކާސްޓް ކުރެވިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ ހުކުރު ދުވަހުގެ ރޭ 20:00 ން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 00:00 އާ ހަމައަށް ހއ. އިން ފެށިގެން ތ. އަތޮޅާ ހަމައަށް ޔެލޯ އެލަރޓް ނެރެފައެވެ.

އެމްއެމްއެސް އިން ބުނެފައިވަނީ 25 މޭލާއި 30 މޭލާ ދެމެދުގެ މިނަކަށް ވައި ގަދަވާނެ ކަމަށާއި ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެމްއެމްއެސް އިން ބުނެފައިވަނީ ކުރިއަށް އޮތް ސައުވީސް ގަޑީއިރު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

ހޮނިހިރު ވިލޭރޭ މާލެ އަށް ކުރި ވިއްސާރައިގައި ވާރޭ ވެހި ފެންބޮޑުވާތީ ވެސްޓްޕާކު ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ކޮށްފައެވެ.

- ކޮމެންޓް