ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 13:26
ބާންލީގެ ޖާޒީ އާއެކު ޔާއޯ މެންޑޭސް
ބާންލީގެ ޖާޒީ އާއެކު ޔާއޯ މެންޑޭސް
ގޯލް.ކޮމް
އިނގިރޭސި ކުލަބު ބާންލީ
ރޮނާލްޑީނިއޯގެ ދަރިފުޅު ޔާއޯ މެންޑޭސް، ބާންލީ އަށް ސޮއި ކޮށްފި
ބާސެލޯނާގެ ޔޫތު ޓީމުގައި ހުރި އުމުރުން 19 އަހަރުގެ ޔާއޯ މެންޑޭސް، ބާންލީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑީނިއޯގެ ދަރިފުޅު ޔާއޯ މެންޑޭސް، އިނގިރޭސި ކުލަބު ބާންލީ އަށް ސޮއި ކޮށްފި އެވެ.

ބާސެލޯނާގެ ޔޫތު ޓީމުގައި ހުރި އުމުރުން 19 އަހަރުގެ ޔާއޯ މެންޑޭސް، ބާންލީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިއީ ޔާއޯ މެންޑޭސްގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ފުރަތަމަ ކުލަބެވެ.

ފްލަމެންގޯ އިން ޒުވާން ކެރިއަރު ފެށި ޔާއޯ މެންޑޭސް ވަނީ ގިނަ ކުލަބުތަކެއްގައި ކުޅެފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ވަސްކޯ ޑަ ގަމާ، ބޯވިސްޓާ، ކްރުޒެއިރޯ އަދި ބާސެލޯނާ ހިމެނެ އެވެ. ބާސެލޯނާ އިން ޔާއޯ މެންޑޭސް އާއެކު އެއްބަސްވުމެއް އެކުލަވާލީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ އައީ ބާސެލޯނާގެ ޒުވާން ޓީމުގަައި ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް