ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 08:52
ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން
ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ބާންލީ ކައިރިން ޔުނައިޓެޑު އެއްވަރު
 
މެޗުން ލިބުނު އެއް ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 34 މެޗުން 54 ޕޮއިންޓު ހޯދައިގެން ޔުނައިޓެޑު އޮތީ ފަސް ވަނައިގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު އެއްވަރުވެއްޖެ އެވެ.

ލީގު ތާވަލްގައި ރެލިގޭޝަން ޒޯނުގައި އޮތް ބާންލީއާ ދެކޮޅަށް ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު ނިމުނީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޔުނައިޓެޑުންނެވެ. ނަމަވެސް ބާންލީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ލަނޑުތައް ފެނުނީ ދެ ވަަނ ހާފުގަ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ އެންތަނީ އެވެ. އެއީ ބާންލީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ބާންލީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ޒެކީ އަމްދޫނީ އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 34 މެޗުން 54 ޕޮއިންޓު ހޯދައިގެން ޔުނައިޓެޑު އޮތީ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 60 ޕޮއިންޓު ލިބެނީ ޔުނައިޓެޑަށް ވުރެ ދެ މެޗު މަަދުން ކުޅެގެންނެވެ. ބާންލީ އޮތީ 24 ޕޮއިންޓާއެކު 19 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް