Advertisement
ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 15:44
 ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރާއްޖެއެމްވީ
މާލޭގައި ހުރި މައްސަލަތައް
ގޯއްޗާއި ފްލެޓް ދެވޭނެ އިރަކާއި މެދު ރައީސްގެ ސާފު ޖަވާބެއް ނެތް، ކައުންސިލްގެ ދައުރު އޮތީ އޮޅިވަޑައިގެންފައި!
މި ފަސް އަހަރުގެ ތެރޭގައި ހުޅުމާލޭގައި 7 ސްކޫލެއް އެޅުމަކީ އަމާޒެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ
ރައީސް މުއިއްޒު ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވަނީ އެކަަމަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލު ނުވެ އޮތް މައްސަލައަކަށް ވުމުން ކަމަށް ފާހަގަކުރައްވާފަ
މި ފަސް އަހަރުގެ ތެރޭގައި ހުޅުމާލޭގައި 7 ސްކޫލެއް އެޅުމަކީ އަމާޒެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ

ނިމިދިޔަ ސަރުކާރުން ދޭން ނިންމި ގޯއްޗާއި ފްލެޓް ދެވޭނެ އިރަކާއި މެދު ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ސާފު ޖަވާބެއް ނުދެއްވުނެވެ.

ރައީސް މުއިއްޒު ވަނީ އާދިއްތަ ދުވަހު މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން އެ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އެންމެ ބޮޑު މައްސަލަ އެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރީ ބޯހިޔާވަހިކަމުގެ މައްސަލައެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކުން ސިޓީ ކައުންސިލްގެ ކޮމިޓީ އެއް އެކުލަވާލާ އެ ކޮމިޓީ ރިވިއު މަރުހަލާގައި ހަރަކާތްތެރިވާކަމަށް ރައީސް މުއިއްޒު އަށް ހީފުޅުވެވަޑައިގެންފައިވާކަން ހާމަވިއެވެ. ރައީސް މުއިއްޒު ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވަނީ އެކަަމަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލު ނުވެ އޮތް މައްސަލައަކަށް ވުމުން ކަމަށް ފާހަގަކުރައްވާފައެވެ. އަދި ނިމިދިޔަ ސަރުކާރުން ދޭން ނިންމި ފްލެޓް ލިބޭ މީހުންގެ އިވަލުއޭޓް ކުރުމުގެ މަސައްކަތުގައި ކައުންސިލްގެ ދައުރެއް އޮންނާނެ ކަމަށާއި އެކަން ހިނގަނީ އެހެން ކަމަށް ދެކެވަޑައިގެން ހުންނެވި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ އެ ވާހަކަތަކާއި ގުޅިގެން މާލެ ސިޓި ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވަނީ އެކަމާއި ގުޅޭ ގޮތުން ކައުންސިލްގެ ރައުޔެއް ދިނުން ފިޔަވާ އިތުރު ދައުރެއް އޮތްކަމުގެ އިޝާރާތެއް މިހާތަނަށް ހައުސިން މިނިސްޓްރީން ދެއްވާފައި ނުވާ ކަމަށެވެ. އާޒިމް އެފަދައިން ވިދާޅުވުމުން ރައީސް މުއިއްޒު ވަނީ މިހާރު އެކަން ސާފުވެވަޑައިގެންފައިވާ ކަމަށާއި އެކަން ބައްލަވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ފްލެޓު މައްސަލަ ރިވިއުކުރާ އިރު ކައުންސިލްގެ ދައުރެއް ހިމެނޭކަން ޔަޤީންކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދިން ފްލެޓް ލިސްޓު ލިސްޓު އިވެލުއޭޓްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށާއި އެކަމާއި މެދު ހުރި ހުރި ކަންބޮޑުވުންތައް ޑިއު ޕްރޮސެސްގެ ތެރެއިން ބެލޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެކަމަށް ކިހާ ވަގުތެއް ހޭދަވާނެކަން ސާފުކޮށެއް ނުދެއްވައެވެ. އަދި އެ މަރުހަލާ ނިންމާލަން ޓާގެޓް ކުރައްވާ ދުވަހެއް އޮތްކަމެއް ވެސް ނުވަތަ ނޫންކަމެއް ވެސް ރައީސް ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް އިވަލުއޭޝަންގެ މަސައްކަތްތައް ނުނިމޭކަން ރައީސް ވަނީ ހައުސިން މިނިސްޓްރީ އާއި ހަވާލާދީ ހާމަކުރައްވާފައެވެ.

Advertisement

މާލޭގެ އެހެން މައްސަލަތަކަށް ހައްލު ގެނައުމުގައި ގެންގުޅުއްވާ ސިޔާސަތުތަކަށް ވެސް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ވަކި މަޝްރޫޢުއެއްގެ ގޮތުގައި މާލޭގެ އުތުރު ފަރާތު މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަަމަށް ވަނީ ފާހަގަކުރައްވާފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީ ބޭނުންކުރާ އެންމެ ބޮޑު މަަސައްކަތަކީ މާލެއާއި ވިލިމާލޭގެ މަގުތައް ހެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އެ އެހީ ބޭނުންކުރާނީ ވިލިމާލެ ޓާޝަރީ ހޮސްޕިޓަލް ހެދުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިންގެ މަސައްކަތަށް ވަރަށް އަވަހަށް ޗައިނާއިން ޓީމެއް އަންނާނެ ކަމަށެވެ. އަދި ދެތިން މަރުހަލާއެެއް ނިމިގެން އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުފައެވެ.

ލޭންޑްޔޫޒް ޕްލޭންގެ މަސައްކަތަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ ސަހަރާގެ ޖާގަނެދުން ފަދަ މައްސަލަތަކަށް ހައްލު ލިބޭ ގޮތަށް ލޭންޑްޔޫޒް ޕްލޭނަށް އިސްލާހު ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނީ ސަހަރާތަކުގެ ޖާގަ ފުރެމުންދާކަން މޭޔަރ އާޒިމް ފާހަގަކުރައްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

މީގެ އިތުރުން، ހުޅުމާލެ އަދި ވިލިމާލޭގައި އިދާރީ ޚިދުމަތްތައް އެއްތަނަކުން ލިބޭނެ މަގުފަހިކުރުމަށް ސަރވިސް ސެންޓަރތަކެއް އެކުލަވާލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައިޑީކާޑު، ޕާސްޕޯޓް ފަދަ ޚިދުމަތްތައް ހޯދުމަށް މާލެ އަށް ގިނަ ބަޔަކު އަންނަ ކަމަށް ވާއިރު އެ ޚިދުމަތްތައް ވިލިމާލެ އާއި ހުޅުމާލެއިން ލިބުމުން އެ ޚިދުމަތްތައް ހޯދަން މާލެ އައުން ނިމުމަކަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ޓްރެފިކް ފްލޯއަސް ވެސް ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ފަސް އަހަރުގެ ތެރޭގައި ހުޅުމާލޭގައި 7 ސްކޫލެއް އެޅުމަކީ އަމާޒެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް